Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އިވެންޓް ޑެސްޓިނޭޝަނަކަށް ވެސް ކުޑަގިރި މަގުބޫލު

ކުޑަ ގިރީގައި ބޭއްވި އިވެންޓެއްގެ ތެރެއިން / ފޮޓޯ: އާބަންކޯ

މާލެ ސަރަހައްދުގައި ދަތުރު ދިއުމަށް ތަރައްޤީ ކުރި ކުޑަގިރި އިވެންޓް ޑެސްޓިނޭޝަނެއް ގޮތުގައިވެސް މަޤްބޫލުކަން ހޯދާފައިވާ ކަމަށް އެތަން ބަލަހައްޓަމުންދާ އާބަންކޯއިން ހާމަކޮށްފިއެވެ.

ކުޑަގިރި އިވެންޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި މަޤްބޫލުކަން ހޯދާފައިވާކަން ހާމަކޮށް އާބަންކޯއިން ނެރުނު ބަޔާނޫގައި ބުނީ، ކުޑަގިރިއިން ޚިދުމަތް ދޭން ފެށިފަހުން 4 މަސް ދުވަހުގެ ތެރޭ ބޮޑު 10 ކޯޕަރޭޓް އިވެންޓުތައް ބާއްވާފައިވާ ކަމަށެވެ. މީގެ ތެރޭގައި އާބަންކޯގެ އަހަރީ ދުވަހުގެ ހަރަކާތްތަކާއި، ވެމްކޯ ދިރާގު ފަދަ ކުންފުނިތަކުގެ ހަރަކާތްތަކުގެ އިތުރުން އަންހެނުންގެ ދުވަހުގެ ހަރަކާތެއް ހިމެނެއެވެ. އަދި އެނޫންވެސް ބައެއް ކުންފުނިތަކުގެ ޓީމް ބިލްޑިންގް ހަރަކާތްތައް ކުޑަގިރީގައި ބޭއްވިފައިވާ ކަން އާބަންކޯއިން ފާހަގަ ކުރެއެވެ.

ކުޑަގިރީގައި އިވެންޓެއް ބާއްވާއިރު ގިނަ ޚިދުމަތްތަކެއް ދޭ ކަމަށް އާބަންކޯއިން ފާހަގަކުރެއެވެ. މީގެ ތެރޭގައި އިވެންޓް ޕްރޮޑަކްޝަން، ސެޓަޕް އަދި މިފަދަ ހަރާކާތެއް ބޭއްވުމަށް ބޭނުންވެދާނެ ހުރިހާ ޚިދުމަތެއް ހިމެނޭކަން އެކުންފުނިން ބުނެއެވެ.

ކުޑަ ގިރީގައި ބޭއްވި އިވެންޓެއްގެ ތެރެއިން / ފޮޓޯ: އާބަންކޯ

ކުޑަގިރީގެ މައިގަނޑު ޓާގެޓަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނާއި، އާއިލާތަކަށް ހިތްގައުމު މާހައުލެއް ފޯރުކޮށްދިނުން ކަމަށްވާއިރު، އިވެންޓުތައް ބޭއްވުމުގެ ފުރުސަތު ކުންފުނިތަކުގެ އިތުރުން އެ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން އުފަންދުވަހުގެ ޕާޓީތަކާއި، އެކި ކަހަލަ އާއިލީ އެއްވުންތަކަށް ކުޑަގިރި ބުކް ކޮށް، އިވެންޓް ސްޕޭސް އެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.

އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތަށް އެކަމަށްޓަކާ ބޭނުންވާ ޓްރާސްޕޯޓް ޚިދުމަތާއި އެހެނިހެން ވެސް ޚިދުމަތްތައް އެ ފަރާތްތަކަށް ލިބިގެންދާނެއެވެ.
ކުޑަގިރީގައި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރައްވައިގެން ބުކް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ކުޑަގިރިއިން ޚިދުމަތް ދޭން ހުޅުވާލިތާ 4 މަސް ދުވަހުގެ ތެރޭގައި، ހަފްތާ ބަނދުގައި ރަހުމަތްތެރިންނާއި އާއިލާތަކުން ޕިކްނިކް އަންނައިރު، ރޭގަނޑު ބާބަކިއު އަދި ބީޗް ޑިނާސްތައް ނަގާ ކަމަށް އާބަންކޯއިން ބުނެއެވެ.