Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ޝާހިދުގެ އަންހެނުން ބްރޭންޑް އެމްބެސެޑަރަކަށް

ގޭތެރޭގެ ސާފު ތާހިރު ކަމަށް ހާއްސަ އުފެއްދުންތައް ތައްޔާރުކުރާ ކުންފުނި، ޑީ2ސީ ކޮޕާރޯ ބްރޭންޑްގެ އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރްގެ އަންހެނުން މީރާ ރާޖްޕޫތު ހަމަޖައްސައިފި އެވެ.

އޭނައާ އަކީ މިހާރު ވަނީ ކޮޕާރޯ ބްރޭންޑްގެ ޑިޝް ވޮޝާއެއްގެ އިޝްތިހާރު ވެސް އާންމުކޮށްފަ އެވެ.

މީރާ އަކީ މަޝްހޫރު ސެލެބްރިޓީއަކަށް ނުވިޔަސް ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ފޮލޯކުރާ ނުފޫޒު ގަދަ މީހެކެވެ. އަމިއްލަ ވިޔަފާރިތައް ވެސް ހިންގާ މީރާ މީގެ ކުރިން ވެސް ބައެއް ބްރޭންޑްތައް އިޝްތިހާރުކޮށް ދީފައިވެ އެވެ.

ދެ ކުދިންގެ މަންމަ ބުނީ ކޮޕާރޯއާ ގުޅިގެން މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެ ބްރޭންޑްގެ އެންމެ ހާއްސަ އެއް ކަމަކީ ތިމާވެއްޓާ ރައްޓެހި އަދި ސިއްހަތަށް ވަރަށް ބޮޑު އިސްކަމެއް ދީގެން އުފެއްދުންތައް ގެނެސްދިނުން ކަމަށެވެ. އެހެންވެ ކޮޕާރޯ ބްރޭންޑްގެ އުފެއްދުންތަކަކީ ގޭތެރޭގެ ސާފު ތާހިރު ކަމަށް ވަރަށް އެކަށޭނެ ހައްލެއް ކަމަށް ބުންޏެވެ.

ކޮޕާރޯ އިން ބުނި ގޮތުގައި ކުރިއަށް އޮތް އަހަރެއްހާ ދުވަހު މީރާ އެކީ އެ ބްރޭންޑްގެ ޕްރޮމޯޝަނަލް ކެމްޕެއިންތައް އެކިއެކި ޕްލެޓްފޯމްތަކުގައި ކުރިއަށް ގެންދާނެ އެވެ.