Last Updated: July 21, 11:48
Tuesday, July 21, 2026
ދުނިޔެ

އެމްއެޗް370 އަށް ޖޯކް ޖެހި މީހަކު ހޯދަނީ

މީގެ ނުވަ އަހަރު ކުރިން ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370 މަތިންދާބޯޓް ހާދިސާ އަށް ޖޯކް ޖެހި އަންހެން ކޮމީއަނަކު ހޯދައިދޭން އެ ގައުމުން އިންޓަޕޯލް އެހީ އަށް އެދެން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ މެލޭޝިިއާގެ ސަރުކާރުން ހޯދަން އިންޓަޕޯލްގައި އެދެން ނިންމީ ސިންގަޕޫރްގައި އުޅެބޮޑުވި އެމެރިކާ އަށް ނިސްބަތްވާ ޖޯސްލީން ޗިއާ ކަމަށެވެ. އޭނަ ދާދި ފަހުން ނިއު ޔޯލްގެ މެންހަޓަންގައި ބޭއްވި އިވެންޓެއްގައި ސިންގަޕޫރާއި މެލޭޝިއާ އަޅާކިޔައި، ސިންގަޕޫރަކީ އެއް ވަނައިގެ ގައުމެއް ކަމަށާއި އެކަމަކު މެލޭޝިއާ އަކީ އަދިވެސް ތަރައްގީވަމުން އަންނަ ގައުމެއް ބުނެފައިވެ އެވެ.

އެއާ ގުޅިގެން ޖޯސްލީން ދެން ބުނެފައ ވަނީ "މެލޭޝިއާގެ މަތިންދާބޯޓްތަކަށް ނުވެސް އުދެވޭ" ކަމަށާއި "އެ ގައުމުގެ އެއާލައިންތައް ގެއްލުމަކީ މަޖާ ކަމެއް ނޫން" ކަމަށެވެ.

"ހެއްވާ ކަމަކީ މި އެ އެއާލައިންތައް ލޭންޑް ވެސް ނުކުރާކަން." 2014 ގައި 239 މީހުންނާ އެކީ ގެއްލުނު އެމްއެމްއެޗް370 އަށް އިޝާރާތްކޮށް ޖޯކް ޖަހަމުން ޖޯސް ބުންޏެވެ.

ކުރިން ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި ކޮމީޑިއަންގެ އެ ވާހަކަތައް ސޯޝަލް މީޑިއާ ވީޑިއޯއެއް ވެސް ވައިރަލްވެފައިވާ އިރު، ޖޯސްލީންގެ ވާހަތަކާ ގުޅިގެން މެލޭޝިއާ ވަނީ ރަތަށް އަރައިފަ އެވެ. އެހެންވެ އޭނަ ހޯދަން އިންޓަޕޯލްފައި އެދެން ނިންމީ ކަމަށް މެލޭޝިއާގެ ފުލުހުންގެ ވެރިޔު އެކްރީލް ސާނީ އަބްދުﷲ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ޖޯސްލީންއާ ގުޅުން ހުރި ހުރިހާ މައުލޫމާތަކާއި އޭނަ މި ވަގުތު ހުރި ތަނެއް އިންޓަޕޯލް މެދުވެރިކޮށް ސާފުކޮށް އެދެން ނިންމާފައިވާ ކަމަށެވެ.