Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ޖަލްސާ ފެށުމާއެކު އިދިކޮޅު މެންބަރުން މަޖިލީހުގައި އަޑުގަދަކުރަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު އިދިކޮޅަށް ނިސްބަތްވާ މެންބަރުން މަޖިލީހުގައި އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ޖަލްސާ ފެށުމާއެކު ރިޔާސަތުން ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ދެއްވާފައެވެ.

އެ ކުއްލި މައްސަލަ މެންބަރު އާދަމް ޝަރީފް ހުށަހަޅަން ފެށުމާއެކު އިދިކޮޅު މެންބަރުންވަނީ މަޖިލީހުގެ ތަޅުމުގައި އަޑޫގަދަކޮށް އިހުތިޖާޖު ކުރަން ފަށާފައެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލު ކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައެވެ.

މީގެއިތުރުން މިފަހުން އެމްޑީޕީން ވަކިވި މެންބަރުންނާއި އިދިކޮޅު މެންބަރުން އަންނަނީ ނިޒާމީ ނުކުތާ ނަންގަވަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެފައިވާއިރު މެންބަރުންގެ މެދުގައިވެސް އަންނަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.