Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ޖަލްސާ ކުރިއަށް ނުގެންދެވުމުން މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުމުން ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ޖަލްސާ މެދުކަނޑާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު އިދިކޮޅަށް ނިސްބަތްވާ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް ނިޒާމީ ނުކުތާ ނަގަން ފަށާފައެވެ.

އެކަމުގައި ޖަލްސާ ކުރިއަށް ނުގެންދެވިފައިވަނިކޮށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވަނީ ނިޒާމީ ނުކުތާއެއްނަންގަވާ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމަށް މަޖިލީހުގައި ތިބި ސިޔާސީ ޕާޓީތަކާއި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ހުށަހަޅާފައެވެ.

މިގޮތަށް ހުށަހެޅުމުން ރިޔާސަތުން ވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް މަޖިލީހުގެ ޖަލްސާ މެދުކަނޑާލާފައެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލު ކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައެވެ.