ސ. މަރަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް، މަސްތުވާ އެއްޗެއް ދިނުމަށްފަހު ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ 2 ކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް 21 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު 17 އަހަރުގެ ފިރިހެން ކުއްޖަކާއި 16 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކުރި 21 އަހަރުގެ މިހާގެ ބަންދާމެދު ގޮތެއް ނިންމުމަށް 2014 ސެޕްޓެމްބަރ 4 ވަނަ ދުވަހު މަރދަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ޙަޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 15 ދުވަސް ދީފައިވެއެވެ.
އަދި އިއްޔެ ހައްޔަރު ކުރި 18 އަހަރުން ދަށުގެ ދެ ކުދިން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބައިތިއްބައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 10 ދުވަސް މިއަދު ވަނީ ދީފައެވެ.
މި މައްސަލަ ސ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.