ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާތީ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދަށް ދައުވާކޮށް ފިޔަވަޅު އެޅުން ނޫން ގޮތެއް ނެތް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު މަވޯޓާ) ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުހގެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވުމާ ގުޅިގެން އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ނަޝީދުގެ މައްޗަށް ދައުވާކޮށް ގާނޫނީ ފިޔަވަޅު އެޅުން ނޫން ހައްލެއް މިހާރު ނެތް ކަމަށެވެ.
ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި މަގާމުން ވަކިކުރަން އެމްޑީޕީން އޮތީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އަދި އެކަމުގެ ނޯޓިސް ވެސް މިހާރު އޮތީ ފޮނުވައިފަ އެވެ. ނަޝީދު މި ވަގުތު ހުންނެވީ ކުޅުދުއްފުށީގަ އެވެ.
Majlis hisoaru koffa oi othun nummumahak genaumah @MohamedNasheed ge machah dhauvaa koh gaanoonee fiyavalhu elhun noon gotheh nei, Afeef ves Jalsa thah kuriyah gendhevumah gastheh nukuravvaa. Niyatheh ves nei
— Ibrahim Shareef (@AdduShareef) June 14, 2023
ނަޝީދު ވަނީ މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅާފައިވާތީ މަޖިލީހުގެ ރިޔާސަތު ބަލައްހައްޓަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް މަޖިލީހަށް އަންގަވައިފަ އެވެ. އެކަމާ ގުޅިގެން އިއްޔެ ވެސް މަޖިލީހުގެ ރިޔާސަތު ބަލައްޓާނެ ބޭފުޅަކު ނެތިގެން ޖަލްސާ ކުރިއަށް ގެންދެވިފައެއް ނުވެ އެވެ.
މިއަދުގެ ޖަލްސާ ފެށީ ނަޝީދުގެ ފަޅީގައި ހުންނަވާ ހަސަން އަފީފު ރިޔާސަތުގައި އިންނަވަ އެވެ. އެކަމަކު އިދިކޮޅު މެމްބަރުން އަަޑުގަދަކުރަން ފެށުމުން ޖަލްސާ ކުރިއަށް ނުގެންދެވިގެން ވަނީ މެދުކަނޑާލައިފަ އެވެ.
ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް މަގާމުން ވަކިކުރަން އެމްޑީޕީން އޮތީ ހުށަހަޅައިފަ އެވެ. އިއްޔެ ޖަލްސާ އަށް އެޖެންޑާ ކުރީ ވެސް އެ މައްސަލަ އެވެ.