Last Updated: June 29, 02:00
Sunday, June 28, 2026
ޚަބަރު

ކައުންސިލް ބައި އިލެކްޝަނާއި ދިމާކޮށް ރައީސް އައްޑޫއަށް!

ފޭދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓް އާމިނަތު އީނާގެ ކެމްޕެއިން ލޯންޗް ކުރުމަށް ރައީސް ޔާމީން އާއި އަނބިކަބަލުން ފާޠިމަތު އިބްރާހިމް މިއަދު ހަވީރު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިނާގެ ކެމްޕެއިން ލޯންޗް ކުރުމަށް ބާއްވާ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ ފޭދޫ ބަނދަރު ސަރަހައްދުގައެވެ. މި ރަސްމިއްޔާތުގައި ފޭދޫ ރަށްދެބައި މަގާއި، ބަނދަރު ސަރަހައްދުގައި ތާރު އެޅުން ރަސްމީކޮށް އިފްތިތާހް ކުރުމަށް ހަމަޖެހިފައިވެއެވެ. މިރަސްމިއްޔާތުގައި ޕީޕީއެމްގެ އިސް ވެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ނިމިގެން ދިޔަ ކޮންމެ އިންތިހާބަކާއި، ދިމާކޮށް ރައީސް ޔާމީން ވަނީ އައްޑޫއަށް ވަޑައިގެންފައެވެ. އެގޮތުން މަޖްލިސް އިންތިހާބް ބާއްވަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް، އީއައިއޭ ހެދުމެއް ނެތި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދާން އޮންނަ މަގުގައި ވަނީ ތާރު އަޅާފައެވެ. އަދި އެދުވަސްކޮޅު ހިތަދޫ، އެހެން އިތުރު ދެމަގެެއް ތާރު އަޅައިގެން ހަދަން މަސައްކަތް ކޮށް ފަހުން ވަނީ އެމަސައްކަތް ހުއްޓާލާފައެވެ.
hiyalee

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ ރަސްމިއްޔާތުގައި އައްޑޫއަށް "މެގަ" ޕްރޮޖެކްޓް ފެށުން ރަސްމީކޮށް އިއްލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް މިރޭ ފޭދޫގައި ބައްދަލު ކުރައްވާއިރު ގަމުގެ ވައިގެ ބަނދަރުގެ މަސައްކަތް އެކަށީގެންވާ ދުވެލީގައި ކުރިއަށް ނުދާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ހިތަދޫގައި އަޅަން ނިންމާފައިވާ 100 އެނދުގެ އާ ހޮސްޕިޓަލްގެ ބަދަލުގައި މިހާރުގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް 1.2 މިލިއަން ރުފިޔާގެ މަރާމާތެއް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.