މި އަހަރު އެސްޓީއޯގެ ފަރާތުން ތިން މުވައްޒަފުން ހައްޖަށް ފޮނުވުމަށް ނިންމައިފި އެވެ.
އެސްޓީއޯއިން ބުނީ މި މަހުގެ 16 ވަނަ ދުވަހު އެ ކުންފުނީގެ މުވައްޒަފުން ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ އެސްޓީއޯ ޏ.ފުވައްމުލަށް ފިހާރަ، އެސްޓީއޯ ސ.ފޭދޫ ފިހާރައިގެ އިތުރުން ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ވެސެލްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.
އެސްޓީއޯއިން ބުނި ގޮތުގައި މި ސްކީމަކީ 2016 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލެވިފައިވާ ސްކީމެއް ކަމަށެވެ. މި ސްކީމްގެ ދަށުން ހައްޖަށް ދިއުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅެނީ މީގެކުރިން ފަރުޟު ހައްޖެއް ވެފައި ނުވާ ދިވެހި މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް 10 އަހަރު ހިދުމަތް ކޮށްފައިވާ ފަރާތްތަކަށް ކަމަށް އެސްޓީއޯއިން ބުނެ އެވެ.
The entire #teamSTO congratulates them and sends our best wishes. May Allah accept their prayers and provide them blessings, enlightenment, and spiritual progress on their journey. #EnrichingLives (2/2) pic.twitter.com/GkNMmu631b
— STO (@stoplc) June 14, 2023
އެސްޓީއޯއިން ބުނީ ހައްޖަށް ދިއުމަށް އެޕްލިކޭޝަން ހުށަހަޅާ މުވައްޒަފުންގެ ތެރެއިން އެއް ޖާގަ ހާއްސަ ކުރެވެނީ އުމުރުން އެންމެ ގިނަ ދުވަސްވެފައިވާ ފަރާތްތަކުގެ ތެރެއިން ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ އަދި މަސައްކަތަށާއި ހާޒިރީއަށް އެންމެ ރަނގަޅު މުވައްޒަފަކަށް ކަމަށެވެ. އިތުރު ޖާގަ ހޮވަނީ ގުރުއަތުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
Our CEO & MD, Mr. Abdullah Saeed had the pleasure to meet with our employees who will be embarking on the solemn journey of Hajj Pilgrimage this year. It was a time of immense joy and significance when our MD congratulated them and wished them a safe and blessed pilgrimage. (1/2) pic.twitter.com/1yggjG0yFW
— STO (@stoplc) June 14, 2023
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ބޭރު ގައުމުތަކުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ހައްޖާޖީންނަށް 2020 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ އިންތިޒާމް ހަމަޖެހިފައި ނުވާތީ އެ އަހަރު ހޮވިފައިވާ މުވައްޒަފުންނަށް ހައްޖަށް ދިއުމުގެ ފުރުސަތު ފަހިކޮށްދެވިފައިވާ ނުވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެހެންނަމަވެސް ހައްޖަށް ގެންދިއުމުގެ ކަންތައްތައް މަޑުޖެހިފައި އޮތުމަށްފަހު، އަލުން މި އިންތިޒާމްތައް ހަމަޖެހުމުން، 2022 އަދި 2023 ވަނަ އަހަރު އެ މުވައްޒަފުން ހައްޖަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެހުނު ކަމަށް އެސްޓީއޯއިން ބުނެ އެވެ.