Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

ލިވިން އެކްސްޕޯގެ ސްޕޮންސަރަކަށް އާބަންކޯ

11 ވަނަ ލިވިންގް އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް އާބަންކޯ ހަމެޖެހިއްޖެ / ފޮޓޯ: އަބަންކޯ

މިއަހަރުގެ މޯލްޑިވްސް ލިވިންގ އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރ އަކަން އާބަންކޯ ހަމަޖެހި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހައިރައިސް އިންޓަނޭޝަނަލް އިން އިންތިޒާމު ކުރާ މިހަރަކާތް މިފަހަރުގެ އޮންނާނީ އޯގަސްޓް 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ހައިރައިޒް އިން 2013 ވަނަ އަހަރު ފެށި މޯލްޑިވްސް ލިވިން އެކްސްޕޯއަކީ ބޯހިޔާވަކިކަމާއި، ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭގޮތަށް ރާއްޖޭގައި ބާއްވަ މިފަދަ ހަމައެކަނި ހަރަކާތެވެ.

މިއަހަރުގެ ލިވިންގ އެކްސްޕޯގައި ވެސް ކުރީގެ އެކްސްޕޯތަކެކޭ އެއްފަދައިން ބޯހިޔާވަހިކަން ހޯދުމަށް ރާއްޖޭގައި ހުރި ހަރުދަނާ ފުރުސަތުތައް އާންމުނާ ހަމައަށް ގެނެސްދިނުމަށްޓަކައި އިންވެސްޓަރުންނާއި އެކު އިންޓަރެކްޓިވް ނެޓްވޯކިންގ ޕްލެޓްފޯމެއް ގާއިމްކުރެވޭނެއެވެ. އޭގެ ތެރޭގައި ޕްރޮޕަޓީ ޑެވެލޮޕަރުންނާއި، އިންޓީރިއާ ޑިޒައިނިން އަދި ފަރނިޗަރ ވިޔަފާރިތަކާއި، ބޯހިޔާވަހިކަމަށް ފައިނޭންސް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތައް ވެސް ހިމެނޭނެއެވެ. މި އެކްސްޕޯގެ ތެރޭގައި ބޯހިޔާވަހިކަމާއި، ގެދޮރާއި ގުޅުން ހުރި އެންމެ ފަހުގެ މައުލޫމާތުތައް އާންމުންނަށް ލިބިގެންދެއެވެ.

އަރބަންކޯގެ ސްކޯޕް ބޮޑުކޮށް، އަރބަން ސިޓީ ޑެވެލޮޕްމަންޓަށް ފޯކަސް ކުރަމުން އަންނަ އިރު މި އެކްސްޕޯއަކީ އެކަމަށް އަލިމަގެއް ދައްކުވައިދޭ ފަދަ އެކްސްޕޯއެއް ކަމަށް އާބަންކޯއިން ބުނެއެވެ. އަދި މި އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރ އަށް ވުމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އެކުންފުނިން ބުނެއެވެ.