Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ކަންގަނާ ޕްރޮޑިއުސްކުރި ފުރަތަމަ ފިލްމު 23 ގައި

އިންޑިއާގެ ބަތަލާ ކަންގަނާ ރަނާވަތުގެ އަމިއްލަ ފިލްމު ކުންފުނި، މަނިކަރްނިކާ ފިލްމްސް އިން އުފެއްދި ފުރަތަމަ ފިލްމު "ޓީކޫ ވެޑްސް ޝޭރޫ" މި މަހުގެ 23 ގައި ގެނެސްދޭން ނިންމައި އޭގެ ޓްރެއިލާ ވެސް އާންމުކޮށްފި އެވެ.

އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ނިންމި ފިލްމުގެ ޓްރެއިލާ ލޯންޗްކޮށްފައި ވަނީ އެކަމަށްޓަކައި އިއްޔެ ހަވީރު ބޭއްވި ހަފުލާއެއްގަ އެވެ. އެ ހަފުލާގައި ކަންގަނާ ބުނީ ޕްރޮޑިއުސްކުރި ފުރަތަމަ ބެލުންތެރިންނަށް ގެނެސްދެވޭތީ ވަރަށް އުފުލުން ހުރި ކަމަށާއި "ޓީކޫ ވެޑްސް ޝޭރޫ" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މި ރޮމޭންޓިކް ޑްރާމާގެ ތަރިންނަކީ މިހާރު އިންޑިއާގެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ނަވާޒުއްދީން ސިއްދީގީ އާއި ބަތަލާ ރާނީ މުކަރްޖީގެ 2014 ގެ ފިލްމު "މަރުދާނީ" ގެ ރޯލެއް ކުޅުނު އަވްނީތު ކޯރް އެވެ. ފިލްމީ ދާއިރާގައި މަސައްކަތްކުރާ އަރަމުން އަންނަ އެކްޓަރަކާއި ޖޫނިއާ އާޓިސްޓެއްގެ މެދުގައި ހިނގާ ކަންތައްތަކެއް ދައްކުވައި ދޭނެ "ޓީކޫ ވެޑްސް ޝޭރޫ" ގެ ކާސްޓްގައި ޒާކިރު ހުސައިނާއި ވިޕިން ޝަރުމާ ފަދަ އެކްޓަރުން ހިމެނެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ކަންގަނާގެ 2014 ގެ "ރިވޯލްވާ ރާނީ" ވެސް ހެދި ސައި ކަބީރެވެ.

މަނިކަރްނިކާ އިން އުފެއްދި ފުރަތަމަ ފިލްމު މަހު ބެލުންތެރިންނަށް އެތަނުގެ ދެވަނަ ފިލްމު އަދި ކަންގަނާ ޑައިރެޓްކޮށް، ކުޅުނު "އިމަޖެންސީ" މި އަހަރުގެ އޮކްޓޯބަރުގައި ސިނަމާތަކަށް ގެންނަން އޮތީ ނިންމައިފަ އެވެ.