Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް ފަށައިފި

ރާއްޖޭގައި މި އަހަރު ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބާސްކެޓް ބޯޅަ މުބާރާތް، ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް ފަށައިފި އެވެ.

މާލޭގެ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުރިއަށްދާ މި މުބާރާތް ރޭ ޝަރަފުވެރިކޮށް ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ފައިވް ނޭޝަންސް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ރާއްޖެ، ބޫޓާން، ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާނެވެ.

މުބާރާތް ކުރިއަށް ދާނީ މި މަހުގެ 22 އާ ހަމައަށެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ރާއްޖޭގެ ގައުމީ ބާސްކެޓް ޓީމު ވަނީ މުބާރާތުގެ ކުރިން އިންޑިއާގެ ބެންގަލޫރުގައި ތަމްރީނުތަކެއް ވެސް ހަދައިފަ އެވެ.