Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

އެމްބަސީ ހުޅުވަން ޝާހިދު އެމެރިކާ އަށް ވަޑައިގެންފި

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އާއެކު---

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާގެ ވެރިރަށް ވޮޝިންޓަންއަށް ވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދު އެމެރިކާއަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލްޣަފޫރު މުހައްމަދެވެ.

މިނިސްޓަރު ޝާހިދުގެ ދަތުރުފުޅަކީ ވޮޝިންޓަންގައި ރާއްޖޭގެ އެމްބަސީ ހުޅުވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މިދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޝާހިދު އެމެރިކާގެ ސެކްރެޓެރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާ ބައްދަލުުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅާ ގުޅިގެން މިނިސްޓަރު ޝާހިދު ވިދާޅުވީ މި ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކުން މަޝްވަރާ ކުރެވޭނެ ކަމަށެވެ.

އެމެރިކާގައި ރާއްޖޭގެ އެމްބްސީއެއް އަލުން ހުޅުވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަން ފޮރިން މިނިސްޓަރު ޝާހިދު އެންމެ ފުރަތަމަ ހާމަކުރެއްވީ 2022 ސެޕްޓެމްބަރު 18 ވަނަ ދުވަހުއެވެ.