Last Updated: July 24, 17:57
Friday, July 24, 2026
ޚަބަރު

ރައީސް މިއަދު ސިންގަޕޫރަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ރައީސް ސޯލިހް ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވާނެ ކަމަށެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅާގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއްނުވެއެވެ. ރައީސް ސޯލިހް ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސިންގަޕޫރުގައި ތައިރޮއިޑް ފަރުވާ އަކަށް ސާޖަރީއެއް ހައްދަވާފައެވެ.