އއ. ރަސްދޫ އަށް 100 ޓަނުގެ އިތުރު އާރްއޯ ޕްލާންޓެއް ބަހައްޓައިފި އެވެ.
މި މަސައްކަތް ކުރިއަށް ގެންދިޔަ ސްޓެލްކޯ އިން ބުނީ ރަށުގައި އިތުރުވަމުންދާ ފެނުގެ ޑިމާންޑަށް ކޭޓާ ކުރުމަށާއި، ރަސްދޫގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކައި، އެ ރަށުގައި އިތުރު 100 ޓަނުގެ އާރުއޯ ޕްލާންޓެއް ބެހެއްޓުމާ ގުޅިގެން މިހާރު މިހާރު އެ ރަށުގައި ފެން އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ 160 ޓަނަށް އިތުރު ކުރެވިފައިވާ ކަމަށެވެ.
އއ. ރަސްދޫގެ އިތުރުވަމުންދާ ފެނުގެ ޑިމާންޑަށް ކޭޓާ ކުރުމަށާއި، ރަސްދޫގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކައި، އެރަށުގައި އިތުރު 100 ޓަނުގެ އާރު.އޯ ޕްލާންޓެއް މިހާރު ވަނީ ބެހެއްޓިފައި. މި ޕްލާންޓާއެކު، ރަސްދޫގެ ފެން އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ 160 pic.twitter.com/6WhyhGHNCN
— STELCO (@STELCOMALDIVES) June 15, 2023
މި ޕްލާންޓަކީ ސްޓެލްކޯގެ މުވައްޒަފުން އޭގެ ކޮމިޝަނިން ހުރިހާ މަސައްކަތެއްކޮށް އޮޕަރޭޝަނަށް ގެނައި ފުރަތަމަ ޕްލާންޓް ވެސް މެ އެވެ.
ޓަނަށް ވަނީ އިތުރުކުރެވިފައި. pic.twitter.com/xp8rXsggy0
— STELCO (@STELCOMALDIVES) June 15, 2023
އެހެންވެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ މި މަސައްކަތުގައި އުޅުނު ކުންފުނީގެ ފެނާއި ނަރުދަމާ އަދި ވޭސްޓް މެނޭޖްމަންޓު ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި، ބައްދަލުކުރައްވައި މުވައްޒަފުންގެ މަސައްކަތަށް ހިތްވައރު ދެއްވއިގަ އެވެ.