އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ބ. ދަރަވަންދޫ ޕޮލިހިން ނައްތާލައިފި އެވެ. ޑެސްކުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
ނައްތައިލީ 527 ފުޅި ބަނގުރަލާއި 297 ދަޅު ބިޔަރު ދަޅެވެ. މި ތަކެއްޗަކީ މިދިޔަ އއަހަރުގެ އޮކްޓޯބަރު 1 އިން ފެށިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓުންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.
އެ ތަކެތި ނައްތައިލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ އަދި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.