Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

"ރޮކީ އޯރް ރާނީ" ގެ ޓީޒާ 20 ގައިި

މި އަހަރު އެންމެ ބޮޑަށް އިންތިޒާރުކުރެވޭ ހިންދީ ފިލްމު ކަމަށްވާ ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޓީޒާ މި މަހުގެ 20 ގައި އާންމުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޓީޒާ ޓްރެއިލާ ވަރަށް ކުލަގަދަކޮށް ދައްކައިލަން ކަރަން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށާއި ފިލްމުގެ ރަސްމީ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ކަމަށެވެ.

އަންނަ މަހުގެ 28 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ލީޑް ތަރިންނަކީ އާލިއާ ބަޓާއި ރަންވީރު ސިންގް އެވެ. މި ރޮމޭންޓިކް ކޮމެޑީގެ ކާސްޓްގައި ޖަޔާ ބައްޗަން، ދަރުމެންދުރާ އަދި ޝަބާނާ އާޒްމީގެ އިތުރުން ވެސް ބޮޑު ކާސްޓެއް ހިމެނެ އެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ކަރަން ޑައިރެކްޓްކުރި ހަތް ވަނަ ފިލްމެވެ. އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2016 ގެ "އޭ ދިލް ގެ މުޝްކިލް" އެވެ. އާ ފިލްމާ ބެހޭ ގޮތުން ކާމިޔާބު ޑައިރެކްޓަރު ބުނެފައި ވަނީ މިއީ އޭނަގެ އަލަތު ފިލްމު ކަމަށްވާ 1998 ގެ "ކުޗް ކުވް ހޯތާ ހޭ" ގެ ހަނދާން އާކޮށްދޭނެ، އެ ސްޓައިލްގެ ވަރަށް އުފާވެރި، ހިތްގައިމު ފިލްމަކަށް ވާނެ ކަމަށެވެ.