Last Updated: June 12, 22:07
Friday, June 12, 2026
ކުޅިވަރު

އަލިކެފޭ ސްޓްރީޓް ސޮކާ 2013: މުބާރާތް ހުޅުވި މެޗް އެއްވަރު

މިދިޔަ އަހަރުގެ ސްޓްރީޓް ސޮކަރ މުބާރާތުގައި ހިތަދޫ 'ކޮން" ޓީމު ކުޅެނީ- ފޮޓޯ: ޠޮއްލަމް ގޮންޒާލޭޒް.

ސ. ފޭދޫ ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން މިރޭ “އަލިކެފޭ ސްޓްރީޓް ސޮކަ 2013″ ގެ މުބާރާތް ހުޅުވި މެޗްގައި ޝަންގްރިއްލާ ޔުނައިޓެޑާއި ފޭދޫ ފްރެންޑްސް ކުލަބް ބައްދަލު ކުރި މެޗް 1-1 އިން އެއްވަރު ވެއްޖެ އެވެ.

ގަމުގެ "ސަވާހިލި" ފިހާރަ ކުރިމަތީގައި އޮންނަ ކޯޓްގައި ކުރިއަށްދާ މުބާރާތުގެ ދެވަނަ މެޗްގައި ހިތަދޫ ޕޮލިސް ސްޓޭޝަނާއި ގަން ޕޮލިސް ސްޓޭޝަން ބައްދަލުކުރި މެޗް 1-0 ލަނޑުން ކާމިޔާބް ކުރީ ގަން ޕޮލިސް ޓީމެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގަން ޕޮލިސް ޓީމުގެ އަހުމަދު ނަޖާހު އަލީއެވެ.

ސޯޅަ ޓީމް ވާދަ ކުރާ މިި މުބާރާތުގެ މެއިން ސޮޕޮންސަރަކީ ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑުން އެތެރެކޮށް މާކެޓް ކުރާ “އަލިކެފޭ” ކޮފީ އެވެ. އޮފިޝަލް އެނާޖީ ޑްރިންކަކީ ޕަވަ ހޯން އެވެ. ކޯ ސްޕޮންސަރުންނަކީ ޔަމަހާ އަދި ޝަންގްރިއްލާ އެވެ. މީޑިއާ ޕާޓްނަރަކީ “އައްޑޫ ލައިވް” އެވެ.

މި މުބާރާތަށް އައްޑޫ ސިޓީ ކައުންސިލުން ވަރަށް ބޮޑު އެހީތެރި ކަމެއް ލިބެމުންދާ ކަމަށް މުބާރާތް އިންތިޒާމް ކުރާ ފޭދޫ ސްޕޯޓްސް ކުލަބުން ބުންޏެވެ.