Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

އެސްޓީއޯ އިން އީދަށް ބޮޑު ޑިސްކައުންޓެއް

އެސްޓީއޯ ޕީޕަލްސް ޗޮއިސް އެތެރެ / ފޮޓޯ: އެސްޓީއޯ

އަގު ހުރި އިނާމުތަކަކާއި އެކު އެސްޓީއޯ އީދު އުފާގެ ނަމުގައި އެސްޓީއޯގެ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފިއެވެ.

އެސްޓީއޯ އީދު އުފާ ޕްރޮމޯޝަން ކުރިއަށް ގެންދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި، އެސްޓީއޯ ހުޅުމާލެ ފިހާރަ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގައެވެ. މިގޮތުން މިމަހުގެ 15 އިން ފެށިގެން އަންނަ ޖުލައި މަހުގެ 31 އާއި ހަމައަށް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ޕްރޮމޯޝަނުގެ ތެރެއިން އެސްޓީއޯގެ ފިހަރާތަކުން، ކުރާ ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެއެވެ. އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރުގެ ކޫޕަން ފޮނުވާނީ ޑިޖިޓަލްކޮށް ސީދާ ކަސްޓަމަރުގެ ފޯނަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.


އެސްޓީއޯ އީދު އުފާގެ ތެރެއިން ކޫޕަންތައް ލިބިލައްވާ ފަރާތްތަކުގެ މެދުގައި ގުރުލެވޭނެއެވެ. އޭގެ ތެރެއިން އެއްވަނައަށް ދާ ފަރާތަކަށް ހިޓާޗީ، ފުރިޖެއް ލިބެއެވެ. ދެވަނަ އަށް ހޮވޭ ފަރާތަކަށް ލިބެނީ އެލްޖީ ބްރޭނޑުގެ ޑިޝްވޮޝަރެކެވެ. ޕްރޮމޯޝަންގެ 3 ވަނަ ހޮވޭ ފަރާތަކަށް 2000ރ. ގެ އަގުހުރި އެލެކްޓްރޯނިކް ސާމާނު ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން އެސްޓީއޯ އީދު އުފާ ކުރިއަށްގެންދާ ފިހާރަތަކުން %42 އާއި ހަމައަށް ޑިސްކައުންޓް ބައްލަވައިގަންނަ އައިޓަމްތަކުން ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. މިއީ އެސްޓީއޯއިން މި ޕްރޮމޯޝަން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.