Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

ބޯޑަ މައިލްސް އަށް 1.5 މިލިއަން މެންބަރުން

ބޯޑަރ މައިލްސް ޕްރޮގްރާމުގައި ބައިވެރިވެފައިވާ ފަތުރުވެރިން . ފޮޓޯ: ބޯޑަރ މައިލްސް އެމްވީ

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމުގައި މިހާތަނާށް 1.5 މިލިއަން މެންބަރުން ބައިވެރިވެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންއާއި ޓުއަރިޒަމް މިނިސްޓްރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި އެމްއެމްޕީއާރްސީ ގުޅިގެން ހިންގާ ބޯޑަރ މައިލްސް ޕްރޮގްރާމަކީ ދުނިޔޭގެ ފުރަތަމަ ޑެސްޓިނޭޝަން ލޯޔަލްޓީ ޕްރޮގްރާމެވެ. މި ޕްރޮގްރާމު ފެށުނީއްސުރެ ޕްރޮގްރާމު ފަތުރުވެރިންގެ މެދުގައި އިންތިހާއަށް މަޤުބޫލުވެފައިވާ ކަމަށް ބޯޑަރ މައިލްސް ޕްރޮގްރާމުން ހާމަކުރެއެވެ.

މިގޮތުން މިދިޔަ އަހަރު ނޮވެމްބަރު މަހު ފަހުކޮޅު ޕްރޮގްރާމަށް 1 މިލިއަން މެންބަރުން ހަމަވެފައިވާކަން މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ. އަދި އޭގެ 7 މަސް ފަހުން މިއަހަރު މިހާތަނަށް 1.5 މިލިއަން މެންބަރުން ޕްރޮގްރާމުގައި ބައިވެރިވެފައިވާ ކަމަށާއި، މިއީ ކުރު މުއްދަތެއްގެ ތެރޭގައި ހޯދި ބޮޑު ކާމިޔާބެއް ކަމަށް ބޯޑަރ މައިލްސް ޕްރޮގްރާމުން ބުނެއެވެ.


މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ބަހާލާފައިވަނީ 3 ގިންތިއެއް ހިމެނެއެވެ. އެގޮތުން ބްރޮންޒް އަށް ދީފައިވާ ނަމަކީ "އައިދަ" އެވެ. ސިލްވަރ އަށް "އަންތަރަ" ކިޔާއިރު ގޯލްޑް އަށް ކިޔަނީ "އަބާރަނަ" އެވެ.

ބޯޑަރ މައިލްސް ޕްރޮގްރާމުގެ ބައިވެރިން ޕޮއިންޓް ހޯދާނެ އުސޫލެއް ވަނީ ޤާއިމްކޮށްފައެވެ. އެގޮތުން ޕޮއިންޓްތައް ހޯދުމަށް ޕްރޮގްރާމް ޕާޓްނަރުންގެ އެކި ހަރަކާތްތަކުގައި ބައިވެރިވެވޭނެއެވެ. މި ޕްރޮގުރާމްގައި ބައިވެރިވުމަށް ފަތުރުވެރިން ރާއްޖޭގައި މަދުވެގެން 3 ދުވަސް މަޑުކުރަންޖެހެއެވެ. އަދި މަޑުކުރަންޖެހޭނީ ޓޫރިސްޓް ފެސިލިޓީއެއްގައެވެ. މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ތަޢާރަފްކުރި މި ޕްރޮގްރާމުގައި ޕާޓްނަރުންގެ ގޮތުގައި ގިނަ ފަރާތްތައް ބައިވެރިވެފަ އެވެ. މީގެ އިިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޙިދުމަތް ދޭ ގިނަ ތަންތަން ޕްރޮގާމުގެ ޕާޓްނަރުންގެ ތެރޭގައި ހިމެނެއެވެ.

ބޯޑަރ މައިލްސް ޕްރޮގްރާމުގައި މިހާތަނަށް ދޮޅު މިލިއަނަށް ވުރެ ގިނަ މެންބަރުން ހަމަވެފައިވާ އިރު، ރާއްޖެ މިއަހަރު މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ވެސް ވަނީ 800،000 އަށް ވަނީ އަރައިފަ އެވެ.