Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ހާރިޖީ ސިޔާސަތުގައި ރައީސްގެ ދައުރެއް ނެތް

ސަރުކާރުގެ މިހާރުހގެ ހާރިޖީ ސިޔާސަތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެއްވެސް ދައުރެއް ނެތް ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަރަށް ބަލިކަށި ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ރޭ ޖުމްހޫރީ ޕާޓީން ސަލްޓަން ޕާކްގައި "ހާސް ކަނޑާލާ! ހަމަޖެހޭނެ" ގެ ނަމުގައި ބޭއްވި ޖަލްސާގައި އޭނަ ވިދާޅުވީ ސަރުކާރު ބަލިކަށިވަނީ ހާރިޖީ ސިޔާސަތު ކަނޑައެޅުމުގައި ރައީސްގެ އެއްވެސް ދައުރެއް ނެތުމުން ކަމަށެވެ.

"ހާރިޖީ ވަޒީރު އެއް އަހަރު ދުވަސް ވަންދެން ބޯޓު ދަތުރުކުރަން ފޮނުއްވައިގެން ރައީސުލްޖުމްހޫރިއްޔާ ހުންނެވީ. ހާރިޖީ ވަޒީރު ނިންމަވަނީ މިގައުމުގެ ގުޅުން ގާއިމު ކުރާނީ ކޮން ބަޔަކާތޯ. އަޅުގަނޑުމެން ތާއީދުކޮށްގެނެއް ނޫން ރާއްޖެއާ އީރާނާ ގުޅުން ކަނޑާލީކީ،" އަލީ ވިދާޅުވި އެވެ. "އެހެންނަ މަވެސް، ރާއްޖެ އާއި އީރާނާ ގުޅުން އަލުން ގާއިމްކުރަން ޖެހޭނެކަން ނިންމެވިކަމުގެ ޓުވީޓް ކުރެއްވީ ކޮން ބޭފުޅެއްތޯ. ހާރިޖީ ވަޒީރު. ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ކަމެއްވެސް ނޫން. ރައީސް ނުވެސް ދެނަހުރި."

އޭނަ ވިދާޅުވ ހާރިޖީ ސިޔާސަތާއި ޖެހުނީމައި ގޮތް ނިންމަވަނީ އެހެން ބޭފުޅެއް. ފެނަކައާ ޖެހުނީމަ ރައީސަކީ އަދި މުޅިން އެހެން ބޭފުޅެއް ކަމަށެވެ.

"އިގުތިސޯދީ ކަންކަމާ ޖެހުނީމައި ރައީސުލްޖުމްހޫރިއްޔާއަށް ވާނުވާ ނުވެސް އެނގޭ." އަލީ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ، ރާއްޖެ އަކީ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮންނަން ބޭނުންވާ ނަމަ ސަރަހައްދު ވެސް ހިމާޔަތް ކުރަންޖެ ހޭ ކަމަށެވެ. އަދި މި ގައުމަކީ ކުޑަކުޑަ ގައުމެއް ކަމަށް ވިޔަސް މި ސަރަހަށްދުގައި ވެސް މިވަރުގެ ޖީޑީޕީއަކާއި މިވަރުގެ ޓުއަރިޒަމްގެ ސިނާއަތެއް އޮތް އެއްވެސް ގައުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން ބޮޑެތި ގައުމުތަކުން ރާއްޖެއަށް ކަޅިއަޅާކަމަށާއި، އެމީހުންގެ ކިބައިން ރާއްޖެ ސަލާމަތްވެގެން ތިބިކަމަށް އެއްކޮށް ނިންމައިގެން ނުވާނެކަމަށެވެ. އެމީހުން މިހާރުވެސް ތިބީ ކުޑަ ފުރުސަތެއް ލިބުނަސް ރާއްޖޭގައި ފައި ހަރުކުރަން ރާވައިގެން ކަމަށް އަލީ ވިދާޅުވި އެވެ.