Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ކެޓްރީނާ އާއި ވިކީ ކުރު ޗުއްޓީއަކަށް

ބޮލީވުޑްގެ ދެމަފިރިން ކަމަށްވާ ވިކީ ކޯޝަލާއި ކެޓްރީނާ ކައިފް ކުރު ޗުއްޓީއަކަސް ހިނގައްޖެ އެވެ.

ދެ ތަރިން ފުރަން އެއާޕޯޓަށް ގޮސް އުޅެނިކޮށް ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކެއް ވެސް މީޑިއާތަކުން އާންމުކޮށްފައިވެ އެވެ. އެކަމަކު ކެޓްރީނާ އާއި ވިކީ ޗުއްޓީ އަށް ދިޔައީ ކޮން ގައުމަކަށް ކަމެއް ސާފެއް ނުވެ އެވެ. އަދި އެ މީހުންގެ އިންސްޓަގްރާމްގައި ވެސް މި ދަތުރާ ގުޅޭ އެއްވެސް ފޮޓޯއެއް އަދިއެއް ނެތެވެ.

މިދިޔަ އަހަރު ކެޓްރީނާގެ 39 ވަނަ އުފަން ދުވަސް ފާހަގަކުރަން ދެމަފިރިންގެ ގާތް އެކުވެރިންތަކެއްގެ ބޮޑު ޓީމަކާ އެކީ ރާއްޖެ އަ އެވެ. ކެޓްރީނާ އާއި ވިކީ ކައިވެނިކުރީ 2021 ގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އަންހެނުންނާ އެކީ ވިކީ ޗުއްޓީއަކަށް ދިޔަ އިރު، މި މަހުގެ 2 ގައި ރިލީޒްކުރި ވިކީގެ އެންމެ ފަހުގެ ފިލްމު "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި ފިލްމުގެ ބަތަލާ އަކީ ސާރާ އަލީ ޚާނެވެ.

ކެޓްރީނާގެ ކުރިއަށް އޮތް ފިލްމަކީ ނޮވެމްބަރުގައި ރިލީޒްކުރާ ސަލްމާން ޚާންގެ "ޓައިގާ 3" އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު "ފޯން ބޫތު" އެވެ.