ސްރީ ލަންކާ މީހެއްގެ ހަށިގަނޑުން ރެކޯޑް ސައިޒްގެ ކިޑްނީހިލައެއް ނަގައިފި އެވެ.
އޭގެ ބޮޑުމިނުގައި 13.372 ސެންޓިމީޓަރު (5.26 އިންޗި) ހުރި އިރު، ބަރުދަނުގައި 801 ގްރާމު ހުއްޓެވެ. މިއާ އެކީ މި ކިޑްނީހިލަ އަށް ވަނީ ދެ ރެކޯޑެއް ލިބިފަ އެވެ. އެއީ އެންމެ ބޮޑު ކިޑްނީހިލައިގެ އިތުރުން އެންމެ ބަރު ކިޑްނީހިލައިގެ ރެކޯޑެވެ.
Surgeons in Sri Lanka have removed the largest AND heaviest kidney stone ever recorded.
It was 13.37 cm (5.26 in) in length and 10.55 cm (4.15 in) wide. It weighed 800 grams (1.76 lb) – the same as five baseballs.
The patient is recovering well. pic.twitter.com/w87unNvoZJ
— Guinness World Records (@GWR) June 15, 2023
ކުރިން މިހާތަނަށް އެންމެ ބޮޑު ކިޑްނީހިލައިގެ ރެކޯޑް އޮތީ އިންޑިއާ މީހެއްގެ ކިޑްނީން 2004 ގައި ނެގި 13 ސެންޓިމީޓަރުގެ ކިޑްނީހިލައަށެވެ. އަދި އެންމެ ބަރު ކިޑްނީހިލައިގެ ރެކޯޑް ކުރިން އޮތީ 2008 ގައި ޕާކިސްތާނު މީހެއްގެ ކިޑްނީން ނެގި 620 ގްރާމްގެ ކިޑްނީހިލައަށެވެ.
Learn more here 👇https://t.co/COxTMz1rae
— Guinness World Records (@GWR) June 15, 2023
ދެ ރެކޯޑެއް ކަށަވަރުކުރި ކިޑްނީހިލަ އަކީ މި މަހުގެ 1 ގައި ލަންކާގެ ކޮލޮމްބޯ އާމީ ހޮސްޕިޓަލްގައި އަސްކަރީ ޑޮކްޓަރަކު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ނެގި އެއްޗެއް ކަމަށެވެ. އެ ނެގީ ރިޓަޔާކޮށްފައިވާ ސިފައިންގެ މީހެއް ކަމަށްވާ އުމުރުން 62 އަހަރުގެ ކަނިސްތަސް ކުންގީގެ ކަނާތު ކިޑްނީންނެވެ.