އިންޑިއާގެ ތާޖު މަހަލް އަކީ ލޯބީގެ ރަމްޒެކެވެ. މުޅި ދުނިޔޭގައި ވެސް މަޝްހޫރު މި ބިނާ އަކީ އެކި މިސްމީހުން އެ މީހުންގެ ލޯބި ވެސް ފާޅުކޮށްދޭން ނަމޫނާއެއްގެ ގޮތުގައި ދެކޭ ތަނެކެވެ.
މީގެ ތިން އަހަރެއްހާ ދުވަސް ކުރިން އިންޑިއާގެ މީހަކު އޭނަ އަނބިމީހާ ދެކެވެ ލޯބި ހާމަކޮށްދޭން ތާޖު މަހަލްގެ ބޭރު ސިފަކޮށްދޭ ގޮތެއް ބިނާކޮށް ދިނެވެ. އެ ވާހަކަ ވަރަށް ބޮޑަށް މީޑިއާތަކުގައި އެ ދެމަފިރިންފގެ ވާހަކަ އެކިއެކި މީޑިއާތަކުން އޭރު ގެނެސްދީފައިވެ އެވެ.
މި ފަހަރު އަނެއްކާ ވެސް މިއޮތީ "ތާޖު މަހަލް" އެއް ބިނާކުރި ވާހަކަ އެވެ. އެކަމަކު މި ފަހަރު މަންމައެއްގެ ހަނދާނުގަ އެވެ. އުމުރުން އެންމެ 11 އަހަރުގައި ބައްޕަ އަބްދުލް ގާދިރު ވަކިވެ ދިޔަ، މިހާރުގެ ވިޔަފާވެރިއެއް ކަމަށްވާ އަމަރުއްދީން ޝެއިހު ދާއޫދު އޭނަގެ މަންމަ ޖިލާނީ ބޭގަމް، އޭނަ ދެކެވީ ލޯތްބާއި ބައްޕައަކާ ނުލައި ބަލާބޮޑުކުރަންވި ގުރުބާނީއަށްޓަކައި މަންމަގެ ހަނދާނުގައި ބިނާކުރީ "ތާޖު މަހަލް" އެކެވެ. މިއާ ދެ އަހަރުގެ މަސައްކަތެކެވެ.
Watch | #Chennai man builds #TajMahal-inspired memorial house for late mother
Read more here https://t.co/BaO4Vtlvcs pic.twitter.com/WWkhRqPNGz
— Hindustan Times (@htTweets) June 15, 2023
އުމުރުން 68 އަހަރުގައި ޖިލާނީ ބޭގަމް މަރުވީ 2020 ގަ އެވެ.
އޭނަގެ ހަނދާނުގައި ދަރިފުޅު ޗެންނާއީގެ ތިރުވަރޫރްގައި ހަދާފައިވާ "ތާޖު މަހަލް" އާންމުކޮށް ދައްކައިލީ މި މަހުގެ 2 ގަ އެވެ. ބޭރުން ބަލާލާ އިރު މިތަން ތާޖު މަހަލްގެ ސިފައާ ދާދި އެއްގޮތެވެ. މަންމަ ދެކެވާ ލޯތްބާއި މަންމަވި ގުރުނީއަށްޓަކައި އަމަރުއްދީން ބިނާކުރި "ތާޖު މަހަލް" އަށް ހޭދަވީ 5 ކްރޯޑް ރުޕީސް އެވެ.
މި "ތާޖު މަޖަލް" ގެ ގޯތި ތެރޭގައި ކުދިންނަށް ތައުލީމު ދޭން ހާއްސަ ކުޑަ މަދަރުސާއެއް ވެސް ހަދާފައިވެ އެވެ.
"މަންމައެއްގެ ލޯތްބަކީ ދަރިއަކަށް ލިބޭނެ އެންމެ ބޮޑު ނަސީބު. އަހަރެން ދުވަހަކު ވެސް ހިތަކުން ފިލައިގަނެއް ނުދާނެ ބައްޕައަކާ ނުލައި އަހަރެމެން ބޮޑުކުރަން މަންމަވި ގުރުބާނީ އާއި މަންމަ އަހަރެމެން ދެކެ ވި ލޯބީގެ މަތިން." ހަތަރު އަންހެން ކޮއްކޮއިން ވެސް ތިބި އަމަރުުއްދީން ބުންޏެވެ.