ރިތިކް ރޯޝަންގެ ފިލްމު "ވޯ 2" ގެ ބަތަލާގެ ރޯލު ކިއާރާ އަދުވާނީ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެކްޓަރު ސިދާތު މަލްއުތުރުތާގެ އަންހެނުންނަށް އެ ފިލްމު ހުށަހެޅިކަމުގެ ވާހަކަތަކެއް ދެކެވެން ފަށާފައި މި ވަނީ "ވޯ 2" ގެ ބަތަލާ އާލިއާ ބަޓް ކަމަށް މިދިޔަ މަހު މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. ނަމަވެސް މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އެ އުފައްދާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މިހާތަނަށް ހިއްސާއެއް ނުކުރެ އެވެ.
އެކަމަކު "ވޯ 2" ގެ ބަތަލާ އަކީ އާލިއާ ނުވަތަ ކިއާރާ ކަމަށް ވިޔަސް މި ފިލްމު ވާނީ މި ދެ ތަރިން ވެސް ވައިއާރްއެފްގެ ޕްރޮޖެކްޓެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ރިލީޒްކުރި އާލިއާގެ "ބުރައްމަސްތުރާ" ވެސް ހެދި އަޔާމް މުކަރްޖީ އެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ "ވޯ 2" ގެ ކާސްޓްގައި އާލިއާ ބަތަލާގެ ރޯލު ކުޅުނު މިދިޔަ އަހަރުގެ "އާރްއާރްއާރް" ގެ އެކްޓަރު އެންޓީއާރް ޖޫނިއާ ވެސް ހިމެނޭ ކަމެވެ.
"ވޯ 2" ގެ ބަތަލާއާ ބެހޭ ގޮތުން މިހާރު ދެކެވޭ ވާހަކަތަކަށް ބަލާ އިރު، އާލިއާ އާއި ކިއާރާ އަކީ ވެސް މި ވަގުތު ބޮލީވުޑްގައި ތިބި ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު ތަރިންނެވެ. ކިއާރާ އަކީ މިހާރު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ބަތަލާއެކެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 29 ގައި ރިލީޒްކުރާ ކާތިކް އާރިއަންގެ "ސަތިއަޕްރޭމް ކީ ކާތާ" އެވެ.
މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށާނެ ކަމަށް ބެލެވޭ "ވޯ 2" އަކީ ސިދާނަތު އާނަންދު 2019 ގައި ގެނެސްދިން "ވޯ" ގެ ސީކްއެލް އެވެ. އެ ފިލްމުގެ ކާސްޓްގައި ޓައިގާ ޝްރޮފާއި ވާނީ ކަޕޫރް ވެސް ހިމެނެ އެވެ.