Last Updated: July 24, 17:57
Friday, July 24, 2026
ޚަބަރު

ވިލިނގިލިން ގެއްލިގެން ހޯދި މީހާ ފެނިއްޖެ

ގއ. ވިލިނގިލިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ގއ. ވިލިނގިލީ ރަތްވިލާއާގެ އައްސަދު އަހްމަދު ކިޔާ މީހަކެވެ.

މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ މީހާ ރޭގެ ވަގުތެއްގައި ގެއަށް ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މީނާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނި މިމަހު 15 ވަނަ ދުވަހުގެ ރޭ 01:10 ހާއިރުއެވެ.