އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ވެރިކަމުގައި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކޮށް ހަރުދަނާކުރާނެ ކަމަށް އެޕާޓީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
އެމްއެންޕީން ރިޔާސީ އޮންތިހާބަށް ތައްޔާރުވަމުން އަންނައިރު އެޕާޓީން ވަނީ ރިޔާސީ އިންތިހާބަށް މެނިފެސްޓޯވެސް އެކުލަވާލާ ލޯންޗްކޮށްފައެވެ.
އަބްދުﷲ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނާޒިމުގެ ވެރިކަމެއްގަ ދިވެހިރާއްޖޭގެ އެއްގަމާ، ކަނޑާ ވައިގެ ސަރަހައްދު ބަލަހައްޓާނީ ދިވެހި އަސްކަރިއްޔާއިން ކަމަށެވެ.
"ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކޮށް ހަރުދަނާކުރާނެ. މާލީ، އިޤްތިސޯދީ އަދި ސަލާމަތީ ކަންކަމުގަ އެއްގައުމަކަށް ބަރޯސާވެގެން އޮތްއޮތުން ނިމުމަކަށް ގެންނާނެ." ރިޔާޒް ވިދާޅުވިއެވެ.
ނާޒިމުގެ ވެރިކަމެއްގަ ދިވެހި ރާއޖޭގެ އެއްގަމާ، ކަނޑާ ވައިގެ ސަރަހައްދު ބަލަހައްޓާނީ ދިވެހި އަސްކަރިއްޔާއިން. ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކޮށް ހަރުދަނާކުރާނެ. މާލީ، އިޤްތިސޯދީ އަދި ސަލާމަތީ ކަންކަމުގަ އެއްގައުމަކަށް ބަރޯސާވެގެން އޮތްއޮތުން ނިމުމަކަށް ގެންނާނެ. pic.twitter.com/TWzbIF3B7E
— Abdulla Riyaz MP (@riyazabdulla) June 17, 2023
"އުޖާލާ ޒަމާން"ގެ ނަމުން އެމްއެންޕީގެ މެނިފެސްޓޯއަށް ނަންދީފައިވާއިރު އެމްއެންޕީން އަންނަނީ ނާޒިމްގެ ކެމްޕޭން ހަރަކާތްތައްވެސް ކުރިއަށް ގެންދަމުންނެވެ.