Last Updated: June 7, 10:44
Sunday, June 7, 2026
ޚަބަރު

އަންހެނުންގެ ކޮމިޓީގެ 8 ބައި-އިލެކްޝަނެއް ކުރިއަށް

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން 8 ބައި އިލެކްޝަނެއްގެ ވޯޓުލުން ފެށިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަަކުގެ ވޯޓުލުން ހެނދުނު 08:00 އިން ހަވީރު 4:00 އަށް ކުރިއަށްދާނެ ކަމަށެވެ.

8 ބައި އިލެކްޝަނެއްގެ ވޯޓުލުން ކުރިއަށްގެންދާއިރު އޭގެތެރޭގައި ހިމެނެނީ ހދ. ފިނޭ، ރ. އަނގޮޅިތީމު، ކ. ދިއްފުށި، އއ. ފެރިދޫ، މ. ވޭވަށް، ތ. ގާދިއްފުށި، ލ. މާމެންދޫ، ގދ. ހޯނޑެއްދޫ ގައެވެ. އަދި މި އިންތިހާބުތަކަށް މާލޭގައި ދެ ފޮއްޓެއް ބަހައްޓާފައިވެއެވެ.

މި 8 ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްޤު ލިބިފައިވަނީ ޖުމުލަ 4985 މީހަކަށެވެ.