Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އެމެރިކާގައި ރާއްޖޭގެ އެމްބަސީ ހުޅުވައިފި

އެމެރިކާގައި އަލަށް ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި އެވެ.

މި އެމްބަސީ އިއްޔެ ހުޅުވުމުގެ ރަސްމިއްޔާތަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެމެރިކާގައި ރާއްޖޭގެ އެމްބަސީ ހުޅުވީ ވޮޝިންޓަންގަ އެވެ. އެ ރަސްމިއްޔާތިގައި އެމެރިކާގައި ހުންނަވާ ދެކުނު އަދި ސެންޓްރަލް އޭޝިއާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫ ވެސް ބައިވެރިވެވަޑައިގަތެވެ. އޭނަ ވިދާޅުވީ ރާއްޖޭގެ އެމްބަސީއެއް އެމެރިކާގައި ހުޅުވުމަކީ އެ ސަރަހައްދުގެ ގައުމުތަކާ އެމެރިކާގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށެވެ.

އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވި އިރު ކުރިން ރާއްޖެ އާއި އެމެރިކާއާ ދެމެދު ހާރިޖީ މުއާމަލާތްތައް ހިންގަމުން އައީ ސްރީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށެވެ.

ރާއްޖޭގެ އެމްބަސީއެއް ކުރިން އެމެރިކާގައި ކުޑަ ދުވަސްކޮޅެއް ވަންދެން ހިންގި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2007 ގައި ހުޅުވި އެމްބަސީ ބަޖެޓްގެ ދަތިކަމާ ހުރެ ބަންދުކުރީ މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ގަ އެވެ. ވެރިކަމަށް ވަޑައިގެންނެވި ފަހުން އެ އެމްބަސީ ބަންދުކުރި އެވެ.

ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުރެ އެވެ. އެފަން ހިންގަނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގްގަ އެވެ.