ރައީސް އިބްރާހީމް މުހައްމަދު ސޯލިިހުގެ ސަރުކާރަށް ވުރެ ބޮޑަށް އަންހެނުންގެ އަޑު އެހި އަދި އަންހެނުންގެ ލަފަ އާއި މަޝްވަރާ ވެސް ހޯދައިގެން ކަންކަން ކުރަމުން އައި ސަރުކާރެއް ރާއްޖެ ނުދެކޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން "އަންހެނުގެ އަޑު" ގެ ނަމުގައި މިއަދު މާލޭގެ ދަރުމަވަންތަ ސްކޫލްގައި ފެށި ވޯކްޝޮޕްގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރަކީ ޖިންސީގެ ތަފާތުކުރުންތަކާ އެކީ މިންތޯގެ ހަމަހަމަކަށް މަސައްކަތް ކުރަމުން އަންނަ ސަރުކާރެއް ކަމަށެވެ.
MDR AR manifesto workshop #HappeningNow #Ibu2023#ARmanifesto pic.twitter.com/VYVchC87n6
— MDP Womens Wing (@MDPWomensWing) June 17, 2023
އޭނަ ވިދާޅުވީ ރައީސްގެ ސޯލިހުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި އަންހެނުންގެ އަބަދު ވެސް ވަރަށް ގާތުން އަހަމުން އައި ކަމަށެވެ. އަދި އަންހެނުންނަށް ބޮޑު ސަމާލުކަމެއް ދެމުން އައި ކަމަށް ވެސް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ކެބިނެޓް އެކުލަވާލެއްވި ހިސާބުން ވެސް ރައީސް ސޯލިހި ކަނބަލުންނަށް ދެއްވާ ސަމާލުކަން ހާމަވެގެން ދިޔަ ކަމަށެވެ.
Anhenunge Roohuge Manifesto workshop kuriah dhanee #ARmanifesto #Ibu2023 pic.twitter.com/PdNB1XuQgq
— MDP Secretariat (@MDPSecretariat) June 17, 2023
"އަލަށް ދިވެހި ރާއްޖޭގައި ކަނޑައެޅިގެން ދިޔަ ކެބިނެޓަށް 30 ޕަސެންޓް އަންހެން ބޭފުޅުންނަށް ހާއްސަ ކުރެވިގެން ދިޔަ ތަން ފެނިގެން ދިޔައީ، އެހިސާބުން ވެސް އަޅުގަނޑުމެންނަށް އެނގުނު ރައީސް އަންހެނުންނަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަން،" ރޮޒޭ ވިދާޅުވިި އެވެ. "އެއަށް ފަހު ކަމަކަށް ފަހު ކަމެއް ކޮށްދެއްވަމުން ގެންދެވީ އަޅުގަނޑުމެން އަންހެނުންގެ ހިއްސާއާއެކު."
MDP #ARmanifesto workshop #HappeningNow at Dharumavantha School. #Ibu2023 pic.twitter.com/tospTNcpBO
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) June 17, 2023
އޭނަ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް އެމްޑީޕީން މެނިފެސްޓޯ އެކުލަވާލަމުން އަންނަ އިރު، އޭގައި އަންހެނުންގެ އަޑު އުފުލައި އަންހެނުންގެ ތަރައްގީއަށާއި އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް ގިނަ ކަންތައްތަކެއް އެކުލަވާލާނެ ކަމަށެވެ.
MDP #ARmanifesto workshop #HappeningNow at Dharumavantha School. #Ibu2023 pic.twitter.com/v5QRPXSwWr
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) June 17, 2023
ރޮޒޭ ފާހަގަކުރެއްވި ގޮތުގައި މިއަދު ފެށި ވޯކްޝޮޕްގެ ބޭނުމަކީ ވެސް މެނިފެސްޓޯ އެކުލަވާލާ އިރު، އަންހެނުންގެ ހިޔާލާއި މަޝްވަރާ އެކީ މެނިފެސްޓޯ އެކުލަވާލަން މަގުފަހިކުރުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަން ޖެހޭ ކަންކަމަކީ ކޮބައިތޯ ބަލައި، އެކަންކަމަށް މެނިފެސްޓޯގައި ވަރަށް ބޮޑަށް ރިއާޔަތްކުރާނެ ކަމަށް ވިދާޅުވި އެވެ.
Anhenunge Roohuge Manifesto workshop gai MP @JeehanJMS ge vaahakafulhu dhekkevun #ARmanifesto #Ibu2023 pic.twitter.com/L8JQdxHa31
— MDP Secretariat (@MDPSecretariat) June 17, 2023
މެންދުރު 1:45 ގައި ފެށި "އަންހެނުންގެ އަޑު" ވޯކްޝޮޕް ހަވީރު 6:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.