ހައްޖުވެރިންނާއި އައިލާތަށް އުފުލުމަށް ކުރި ދަތުރުތަކުގައި 1200 އަށް ވުރެ ގިނަ މީހުން އެއާޕޯޓާއި ހަމައަށް އުފުލައި ދީފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މިއަހަރު ހައްޖަށްދާ ފަރާތްތައް އެއާޕޯޓަށް ހަމައަށް އުފުލުމުގައި، ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ ކަމަށްވާ އާރްޓީއެލް ބަލަހައްޓާ އެމްޓީސީސީން ވަނީ ހަރަކާތްތެރިވިފަވެފައެވެ. އެގޮތުން ހައްޖަށްދާ މީހުން އުފުލައި ދިނުމުގައި އެކުންފުނިން ޖުމްލަ 19 ބަސް ދަތުރު އަޅާފައިވާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. އެއީ މާލޭގައި 2 ރޫޓެއްގައި 10 ދަތުރު އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އިން 9 ދަތުރެވެ.
We are delighted and honored to have the opportunity to escort 1,211 passengers, consisting of Hajj pilgrims and their family members. We have utilized 10 of our buses across two routes in Malé, as well as an additional 9 buses across two routes in Hulhumalé, from Phase 1 and… pic.twitter.com/E1Pj2Mp7sD
— MTCC Plc (@MTCCPlc) June 17, 2023
މިދަތުރުގައިތަކުގައި އެމްޓީސީސީގެ ފަރާތުން ހައްޖުވެރިންނާއި އައިލާތަކާއި އަދި ލަގެޖް އެއާޕޯޓާއި ހަމައަށް ފޯރުކޮށްދިނުމަށް ވަނީ އެހީތެރިވެދީފައެވެ. މިގޮތުން ޖުމްލަ 1211 ފަރާތެއް ދަތުރުގައި ބައިވެރިވި ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
އެމްޓީސީސީން ވަނީ ހައްޖުވެރިންގެ ދަތުރުތަކުގައި އެހީތެރިވެ ދެވުމަކީ އުފައްލެއް ކަމަށް ބުނެފައެވެ. އަދި މިއީ ރައްޔިތުންގެ ކުންފުނީގެ ގޮތުގައި އެކުންފުނިން ދީފައިވާ ޚިދުމަތެއްގެ ގޮތުގައި އެކުންފުނިން ފާހަގަކުރެއެވެ.
މިއަހަރު ހައްޖަށް ދިޔަ ފަރާތްތައް އެއާޕޯޓާއި ހަމައަށް ގެންދިއުމަށް ހައްޖު ކޯޕަރޭޝަން އަދި ގްރޫޕްތަކަށް ސަރުކާރުން ކުންފިނިތަކުން ވަނީ އެހީތެރިވެދީފައެވެ.