އެމްއެންޑީއެފްގެ ވެބްސައިޓް ހެކްކޮށްފި އެވެ.
އެ ހެކްކުރުމާ ގުޅިގެން ސައިޓް މިހާރު އިނީ ޑައުންކޮށްފައި ކަމަށް އޭގައި ބުނެފައިވެ އެވެ. އެނގިފައިވާ ގޮތުގައި އެމްއެންޑީއެފްގެ ވެބްސައިޓް ހެކްކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. ވެބްސައިޓް ހެކްކޮށް އޭގައި ޖަރުމަނުގެ ކުރީގެ ޗާންސެލަރު ހިޓްލަރާއި އޭނަގެ ނާޒީ ސްވަސްތިކާ ލޯގޯ ޖަހާފައިވާ ޔުނީފޯމެއްގައި ތިބި ބައެއް ފޮޓޯ ހިމަނާފައިވެ އެވެ. އަދި ތިރީގައި ލިޔެފައި އޮތީ ހި "ހައިލް ހިޓްލާ" އެވެ.
މިކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެ އެވެ.
މީގެ ކުރިން ވެސް އެމްއެންޑީއެފްގެ ވެބްސައިޓް ހެކްކޮށްފައިވެ އެވެ.
އެ ވެބްސައިޓަކީ އަބަދު ވެސް އެތަނުގެ ޚަބަރާއި މައުލޫމާތު ވަރަށް އަޕްޑޭޓްކޮށް ގެނެސްދޭ، ރާއްޖޭގައި ކުއްލިއަކަށް ހިނގާ ބޮޑެތި ހާދިސާތަކާ ބެހޭ މައުލޫމާތު ވެސް ހިއްސާކުރަމުން އަންނަ އެއްޗެކެވެ.