Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

އެކްސިޑެންޓްގައި ބޮޑަށް އަނިޔާވި މީހާ މާލެ ފޮނުވާލަނީ

This slideshow requires JavaScript.


ސ. ހިތަދޫގައި ދާދި ދެންމައަކު ދެ ސައިކަލް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ހިތަދޫ ބޮޑުމަގުގައި ހުންނަ މޫންލައިޓްވިލާ [ކެންގަރޫ ކިޑްސް ކުރިން ހިންގި އިމާރާތް] ހިސާބުގައި އެކްސިޑެންޓްވީ މަގުގެ ދެކޮޅުން ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލް ނުވެ ޖެހިގެން ކަމަށް ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެެވެ.

ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ވެފައިވާ އިރު އެކަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް އެނގިފައިވެ އެވެ. އަދި އެ މީހުން މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އެކަމަކު އަދި މިކަމާ ބެހޭ އިތުރު ތަފުސީލެެއް ލިބޭ ގޮތެއް ނުވެ އެވެ. މި ހާދިސާ އާ ބެހޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް "އައްޑޫ ލައިވް" ޓީމުން އަންނަނީ ކުރަމުންނެވެ.

10:45

މިހާތަނަަށް އެނގިފައިވާ ގޮތުގައި މި ހާދިސާ އާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ހަތަރު މީހުންނަކީ މަރަދޫ ގުލްޝަންގޭ ލިއާއު އަހުމަދު، 21، އެ ރަށު ބެރަބެދިގަސްދޮށުގޭ މުހައްމަދު އައިމަން، 22، އާއި ހިތަދޫ ބްލޫބާޑް ހޫދް ލަތީފް، 16، އާއި ހިތަދޫ ތަރިޖެހިގޭ އަބްދުﷲ ރަޝީދު، 17 އަހަރު އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓްގައި ބޮޑަށް އަނިޔާވީ ރަޝީދު މާލެ ފޮނުވާލުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭނާގެ ބޮލަށް ސައިކަލްގެ ޕެޑަލް ހެރި ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބުމުގެ އިތުރަށް މޫނު ވެސް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ހޮސްޕިޓަލްގައި ހުރި "އައްޑޫ ލައިވް" ގެ ރިޕޯޓަރު ބުންޏެވެ.