Last Updated: June 7, 10:44
Sunday, June 7, 2026
ޚަބަރު

އިންޑިއާއިން ސިފައިންގެ ސައިކޮލޮޖިކަލް ޕްރޮފައިލް ހަދާ ވާހަކަ ދޮގުކޮށްފި

ސިފައިން ރަޔަޓް ގިޔަރުގައި ހަރަކާތްތެރި ވަނީ--

އިންޑިއާއިން ރާއްޖޭގެ ސިފައިންގެ ސައިކޮލޮޖިކަލް ޕްރޮފައިލެއް ހަދާ ވާހަކަ އެމްއެންޑީއެފްއިން ދޮގު ކޮށްފިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އަލަށް ވަންނަ އޮފިސަރުންނާއި މަތީ ފަންތީގެ އޮފިސަރުންގެ ތެރެއިން ބައެއް އޮފިސަރުންގެ ސައިކޮލޮޖިކަލް ޕްރޮފައިލެއް ހެދުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ އިންޑިއާގެ ގަންދިނަގަރުގައި ހުންނަ ނޭޝަނަލް ފޮރެންސިކް ޔުނިވާސިޓީންނެވެ.

މިވާހަކަ ރާއްޖޭގެ ބައެއް މީޑިއާތަކުންވެސް ރިޕޯޓްކޮށްފައިވާއިރު މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނެފައިވަނީ އެފަދަ ޕްރޮފައިލްއެއް ހެދުމުގެ އެއްވެސް މަޝްވަރާއެއް އެމްއެންޑީއެފްއިން ކުރަމުން ނުދާ ކަމަށެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުންވެސް މި ވާހަކަ ރިޕޯޓް ކޮށްފައިވަނީ އިންޑިއާގެ ބައެއް މީޑިއާތަކާ ހަވާލާދީއެވެ.