Last Updated: July 24, 15:14
Friday, July 24, 2026
ޚަބަރު

ޓޫރިސްޓަކު ރޭޕްކުރި މައްސަލައެއް ތަހުގީގު ކުރަނީ

ފުލުހުންގެ މައި އިދާރާ

ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ރޭޕް ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ ކ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ރޭޕް ކޮށްފައިވާ މައްސަލައެއް ޖޫން 6 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައިގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.