Last Updated: June 7, 10:44
Sunday, June 7, 2026
ޚަބަރު

ޕާޓީތަކުގައި ވޯޓްލުން އެއް އިރެއްގައި ވެސް މަނަލެއް ނޫން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)

ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމާއި ޕާޓީތަކުގެ އިންތިހާބުތަކުގައި ވޯޓުލުމަކީ އެއްވެސް އިރެއްގައި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މަނާކަމެއް ނޫން ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިފަދައިން ހާމަކޮށްފައިވަނީ އަލަށް އަމަލުކުރަންފެށި 'ކޯޑު އޮފް ކޮންޑަކްޓް'އާ ގުޅުވާ އިއްޔެ މީޑިއާތަކުން ކޮށްފައިވާ ރިޕޯޓްތަކާ ގުޅިގެންނެވެ.

އެގޮތުން އެ ޑިޕާޓްމެންޓުން ބުނެފައުވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންނަކީ ސިޔާސީ ކަންކަމުން އެއްކިބާވެ ތިބެންޖެހޭ ބައެއް ކަމަށާއި، އަލަށް އަމަލުކުރަންފެށި 'ކޯޑު އޮފް ކޮންޑަކްޓް'ގެ ދަށުން އެކަން ބަދަލުވެފައި ނުވާ ކަމަށެވެ. އަލަށް އަމަލުކުރަންފެށި 'ކޯޑު އޮފް ކޮންޑަކްޓް'އާ ހަވާލާދީ ޑީޖޭއޭއިން ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމާއި ޕާޓީގެ އިންތިހާބުތަކުގައި ވޯޓުލުމާއި ތިމާގެ މީހަކު ވޯޓުލާ މަރުކަޒަށް ގެންދިއުމަކީ އެއްވެސް އިރެއްގައި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މައްޗަށް މަނާވެގެންވާ ކަމެއް ނޫން ކަމަށެވެ. މީގެއިތުރުން ބުނެފައިވަނީ ޝަރުއީދާއިރާގެ މުވައްޒަފުންގެ އައު ކޯޑުގައި ވާގޮތުން، ޝަރުއީ ދާއިރާގެ މުވައޒަފުންގެ އިމްޕާޝަލިޓީއާ ބެހޭ ގޮތުން ސުވާލު އުފެދިދާނެ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެއް ކަމަށެވެ. އޭގެތެރޭގައި ސިޔާސީ ކަންކަމާއި އެނޫން އިޖްތިމާއީ ހަރަކާތްތައްވެސް ހިމެނޭ ކަމަށެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވަނީ ސިޔާސީ ކަންކަމަކީ ކޯޑު އޮފް ކޮންޑަކްޓްގައި ވަރަށް ފުޅާކޮށް މާނަވެގެންވާ ކަމެއް ކަމަށެވެ.

"ސިޔާސީ ކަންކަމުގެ ތެރެއިން ހުއްދަވެގެންވާ ކުޑަމިންވަރަކީ، މަތީގައި ފާހަގަކޮށްފައިވާނޭ ފަދައިން، ކުރިންވެސް ހުއްދަ ކަންކަމެވެ." ޑީޖޭއޭގެ ބަޔާނުގައިވެއެވެ.

ޑީޖޭއޭއިން ބުނެފައިވަނީ ކޯޑު އޮފް ކޮންޑަކްޓްގައި ސިޔާސީ ގޮތުން މަނާ ކަންކަމުގެ ދިގު ލިސްޓެއް ހިމެނުމުގެ ބަދަލުގައި، ސިޔާސީ ހުރިހައި ހަރަކާތެއް އޭގައި ހިމެނޭ ގޮތަށް މިހާރު ވަނީ މާނަ ކުރެވިފައި ކަމަށެވެ. އަދި އެގޮތަށް ހިމަނާފައިވަނީ ސިޔާސީ ހަރަކާތްތައް ހިންގާ ވައްޓަފާޅިއަށް އަންނަ އަވަސް ބަދަލުތަކަށް ރިއާޔަތްކޮށް އެކަންކަމަކީ މަނާވެގެންވާ ކަންކަމުގެ ތެރޭގައި ހިމެނޭކަން ކަށަވަރުކުރުމެ މަގުސަދުގައި ކަމަށްވެސް ބުނެފައިވެއެވެ.