Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ހިމްނާ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާކޮށްފި

އައިޝަތު ހިމްނާ ހަސަން - ފޮޓޯ: ވޯލްޑް އެތްލެޓިކްސް

ރާއްޖޭގެ އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އައިޝަތު ހިމްނާ ހަސަން އަނެއްކާވެސް އާކޮށްފި އެވެ.

ހިމްނާ ރެކޯޑް އާކުރީ ޖެމެއިކާގައި ކުރިއަށްދިޔަ އިވެންޓެއްގައި 56.86 ސިކުންތުން ދުވެގެންނެވެ. ހިމްނާ އެންމެފަހުން މި ރެކޯޑު އާކޮށްފައިވަނީ ގައުމީ ޓީމުގެ ޓައިމް ޓްރަޔަލްގައި 57.56 ސިކުންތުން ދުވެގެންނެވެ

އައްޑޫ ސިޓީ އަށް ނިސްބަތްވާ ހިމްނާ އަކީ ފާއިތުވި ގިނަ މުބާރާތް ތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދުވުންތެރިއެކެވެ. އަދި އެތައް ފަހަރެއްގެ މަތިން މުބާރާތް ތަކުގައި އުމުރުފުރާގެ އެންމެ މޮޅު އެތުލީޓު އަދި ބެސްޓް އޯލް ރައުންޑް އެތުލީޓުގެ މަގާމު ވެސް ހިމްނާ ވަނީ ހޯދާފަ އެވެ.

އެގޮތުން ހިމްނާ ވަނީ 2018 އަދި 2019 ވަނަ އަހަރު އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑާއި، ޖޫނިއާ އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑުގެ އިތުރުން 400 މީޓަރު ދުވުމުން ގައުމީ ޔޫތު ރިކޯޑު ގާއިމުކޮށްފަ އެވެ.