Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ސަނީގެ ދަރިފުޅު ކައިވެނިކޮށްފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް މިއަދު ކައިވެނިކޮށްފި އެވެ.

މުމްބާއީގައި މިއަދު ބޭއްވި ވަރަށް ކުލަގަދަ ހަފުލާއެއްގައި 32 އަހަރުގެ ކަރަން ކައިވެނި ކުރީ ޑްރިޝާ އަޗާރިއާއާ އެވެ. ދުބާއީގެ ޓްރެވެލް އެޖެންސީއެއްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޑްރިޝާ އަކީ ހިންދީ ސިނަމާގެ ކުރީގެ ޑައިރެކްޓަރު ބިމާލް ރޯއިގެ މުނިކާފަ ދަރިއެކެވެ.

ކަރަން އާއި ޑްރިޝާ މިއަދު ކައިވެނިކުރީ މިދިޔަ މަހުގެ ތެރޭގައި އެންގޭޖް ވެސް ވުމަށް ފަހު އެވެ. ކަރަން ބޮލީވުޑަށް ނުކުތީ ބައްޕަ ސަނީ 2019 ގައި ޑައިރެކްޓްކުރި ފިލްމުި "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. އޭގެ ފަހުން "ވޭލޭ" ކިޔާ ފިލްމުން ވެސް ފެނިފައިވެ އެވެ.

ކަރަންގެ ކުރިއަށް އޮތް އެންމެ ފާހަގޮށްލެވޭ ޕްރޮޖެކްޓަކީ ބައްޕަ އާއި ބޮޑުބޭބެ ބޮބީ ޑިއޯލްގެ އިތުރުން ކާފަ ދަރުމެންދުރާއާ އެކީ ކުޅެން ހަމަޖެހިފައިވާ "އަޕްނޭ 2" އެވެ. މި ފިލްމަކީ ދަރޭ އާއި ސަނީ އަދި ބޮބީ ކުޅުނު 2007 ގެ "އަޕްނޭ' ގެ ސީކްއެލް އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ އޮގަސްޓް މަހު ރިލީޒްކުރާ ސަނީގެ "ގަދަރު 2" ގެ ޑައިރެކްޓަރު އަނިލް ޝަރުމާ އެވެ.

ސަނީގެ ހަގު ދަރިފުޅު ރަޖްވީރު ޑިއޯލް ވެސް މިހާރު އަންނަނީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންނެވެ. އެއީ "މޭނޭ ޕިޔާރު ކިޔާ" ގެ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިފުޅު އަވްނީޝް ބަރްޖަރިއާގެ އަލަތު ފިލްމު "ދޯނޯ" އިންނެވެ. ޑެސްޓިނޭޝަން ވެޑިންއަކަށް ބިނާކޮށް ހަދާ މި ފިލްމުގައި ރަޖްވީރްއާ އެކީ ބަތަލާގެ ރޯލު ކުޅެނީ، ބައްޕަ ސަނީގެ 1986 ގެ ފިލްމު "ސަމަންދަރު" ގެ ބަތަލާ ޕޫނަމް ދިލަންގެ ދަރިފުޅު ޕަލޯމާ ތާކްރީ ދިލަން އެވެ.