Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ފުރައްސާރަކުރާ މީހުން ބްލޮކް ކުރާނަން

ސޯޝަލް މީޑިއާ މެދުވެރިކޮށް އެކި ގޮތްގޮތަށް ފުރައްސާރަ ކުރަން ޖާގަ ނުދެއްވާނެ ކަމަށާއި އެކަން ކުރާ މީހުން ބްލޮކްކުރާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.

އަބަދު ވެސް ކަންކަމުގައި މީހުންނަށް ވަރުގަދަ އަށް ރައްދު ދެއްވާ މެމްބަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރައްސާރަކޮށް ފާޑުފާޑުގެ ނަމުން މީސްމީހުންނަށް ގޮވުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ސޯޝަލް މިޑިއާ އަކީ ފުރައްސާރަކޮށް، ބުލީކުރުން ފަދަ ނޭއްގާނީ ކަންކަމަށް އޮތް ޕްލެޓްފޯމެއް ވެސް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ނަމަވެސް މިފަދަ ކަންކަމާ ހެދި ބައެއް ފަހަރު ޖިސްމާނީ ގެއްލުންތަކަށް ވެސް އެބަ މަގުފަހިވޭ." ކުރީގެ ރައީސް މުހައްމަދުގެ ފަރާތުން ފުރައްސާރައާ ކުރިމަތިވެވަޑައިގަންނަވާ ކަމަށް ދާދި ފަހުން ފާހަގަކުރެއްވި މެމްބަރު ވިދާޅުވި އެވެ.

ރޮޒޭ ވިދާޅުވީ އަބަދު ވެސް ބިނާކުރުވަނި ފާޑުކިޔުންތަކަށް މަރުހަބާ ކިޔާ ކަމަށާއި ފުރައްސާރަކުރާ މީހުން ސޯޝަލް މީޑިއާގައި ބްލޮކްކުރައްވާނެ ކަމަށެވެ.