Last Updated: April 29, 12:51
Monday, April 29, 2024
ޚަބަރު

އައްޑޫގެ ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރާނެ ފަރާތެއް ހޯދަނީ

ހިތަދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަނީ.

އައްޑޫގެ ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް އެންވައިރަމެންޓް މިނިސްޓްރީން މިއަދު އިއްލާންކޮށްފިއެވެ.

މިނިސްޓްރީގެ އިއްލާންގައިވާ ގޮތުން ހުޅުމީދޫ އާއި ފޭދޫ އަދި މަރަދޫފޭދޫގެ އިތުރުން މަރަދޫގެ ނަރުދަމާ އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަންނަ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްްޓް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެންވައިރަމެންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުއަކީ ސީދާ ދިވެހި ސަރުކާރުން ހަރަދުކުރާ މަޝްރޫއުއަކަށް ވެފައި މިކަމަށް ހިނގާނެ ހަރަދެއް އެގޭނީ ޑިޒައިން ކުރެވި މަސައްކަތުގެ ބީއޯކިއު ހެދުމުންނެވެ.

ހިތަދޫގެ ފެނާއި ނަރުދަމާ އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފެއްޓި މަޝްރޫއު މިހާރުވަނީ ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްފައެވެ.