Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ލުތުފީ ހުކުމް ތަންފީޒުކޮށް ނިމިއްޖެ

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ޓެރަރިސްޓް ހަމަލާގެ މުގުލުގައި ހުރި ހާޖަރާގޭ އަބްދުﷲ ލުތުފީގެ މައްޗަށް އިއްވި 25 އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމިއްޖެ އެވެ.

އަވައްޓެރި ސްރީ ލަންކާގެ ތަމަޅަ ހަނގުރާމަވެރިންގެ ބަޔަކު ގޮވައިގެން މާލެ އަރައި ލުތުފީ މަސައްކަތް ކުރީ އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަވަހަރާކޮށްލައި ރާއްޖޭގެ ވެރިކަން އަތުލުމެވެ. ނޮވެމްބަރު 3 ގެ ހާދިސާއާ ގުޅިގެން ގައުމަށް ގައްދާރުވި ބާއީ ލުތުފީގެ މައްޗަށް އެންމެ ފުރަތަމަ އިއްވީ މަރުގެ ހުކުމެވެ. ނަމަވެސް މައުމޫން ވަނީ ފަހުން އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކުރައްވައިފަ އެވެ. އެއީ 25 އަހަރަށެވެ.

ލުތުފީގެ 25 އަހަރުގެ ހުކުމް ތަންފީޒުކޮށް ނިމުނު އިރު، މީގެ ކުރން އޭނަ ވަނީ ބެސް ފަރުވާއަލަށް ރާއްޖޭން ބޭރަށް ގެންދިއުމުން ގިނަ ދުވަސްތަކެއް ވަންދެން "ސިފަކޮށް ބަދަލުކޮށް" ފިލައިގެން އުޅެފަ އެވެ. އެހެންވެ ފިލައިގެން އުޅުނު މައްސަލާގައި ލުތުފީ އަށް ހަތް މަހުގެ ހުކުމެއް ވެސް އެމްޑީޕީގެ ވެރިކަމުގައި އިއްވި އެވެ. އެއީ އޭނަ 2010 ގައި އިންޑިއާއަށް ފޮނުވާލުމުން 9 އަހަރު ވަންދެން ފިލައިގެން އުޅުނު މައްސަލައިގަ އެވެ.

ލުތުފީ ފިލައިގެން އުޅެނިކޮށް އަތުލައި ގަނެ، އަލުން ޖަލު ހުކުމަށް ރުޖޫއާކުރީ 2019 ގަ އެވެ

އޭނަ އިސްކޮށް ހުރެގެން ހިންގު ޓެރަރިސްޓް ހަމަލާގައ 19 ދިވެއްސަކު ޝަހީދުވި އެވެ.