ބަތަލާ ކަރީނާ ކަޕޫރް މިދިޔަ މަހު މަސައްކަތް ފެށި ފިލްމު "ދަ ކްރޫ" ގެ ޝޫޓިން ނިންމާލައިފި އެވެ.
މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ގޯއާގައި ވެސް ޝެޑިއުލެއް ކުރިއަށް ގެންދިޔަ ފިލްމުގެ ޝޫޓިން ނިމުނު ވާހަކަ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށް ކަރީނާ ބުނީ ދެން ކުރިއަށް އޮތީ ހޫނު މޫސުމުގެ ޗުއްޓީ ކަމަށެވެ.
"ދަ ކްރޫ" އަކީ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ އަންހެނުންތަކަކަށް ބިނާކޮށް ހަދާ އެއްޗެކެވެ. މީގެ ކާސްޓްގައި ޒުވާން ބަތަލާ ކްރިތީ ސެނަންގެ އިތުރުން ހުނަރުވެރި، ތަޖުރިބާކާރު ބަތަލާ ތައްބޫ ވެސް ހިމެނެ އެވެ. އަދި "ދަ ކްރޫ" ގެ ރޯލަކުން ދިލްޖީތު ދޮސަންޖް ވެސް ފެންނާނެ އެވެ.
އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކުރާ "ދަ ކްރޫ" ގެ ޑައިރެކްޓަރަކީ ރާޖޭޝް ކްރިޝްނަން އެވެ. މި ފިލްމަކީ އެކްތާ އާއި ރިއާ ގުޅިގެން ޕްރޮޑިއުސްކުރި 2018 ގެ ކާމިޔާބު ފިލްމު "ވީރޭ ދީ ވެޑިން" އަށް ފަހު އެ ދެ މީހުން ޕްރޮޑިއުސްކުރާ ދެވަނަ ފިލްމެވެ. އެ ފިލްމުގެ ކާސްޓްގައި ވެސް ކަރީނާ ހިމެނެ އެވެ.
އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ލާލު ސިންގް ޗައްޑާ" އެވެ.
"ދަ ކްރޫ" ގެ ޝޫޓިން ނިންމާލި އިރި، ކަރީނާ އޮތީ މިދިޔަ އަހަރު އެހެން ދެ ފިލްމެއްގެ މަސައްކަތް ވެސް ނިންމައިފަ އެވެ. އެއީ ރިލީޒްކުރާނެ ތާރީހުތައް އަދި އިއުލާންކޮށްފައި ނުވާ ޑައިރެކްޓަރު ސުޖޯއީ ގޯޝްގެ ތުރިލާއަކާއި ޑައިރެކްޓަރު ހެންސަލް މެހެތާގެ ތުރިލާއެކެވެ.
ހެންސަލްގެ ފިލްމަކީ ވެސް އެކްތާ ޕްރޮޑިއުސްކުރާ އެއްޗެކެވެ.