މި އަހަރުގެ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ހަމަޖައްސައިދޭން ޖެހޭ ކަންކަމާ ގުޅޭ އެއްބަސްވުމުގައި އެތަނާ އެކު އިލެކްޝަން ކޮމިޝަން (އީސީ) އިން ސޮއިކޮށްފި އެވެ.
އެއްބަސްވުމުގައި އިއްޔެ އީޔޫގެ ފަރާތުން ސޮއިކުރެއްވީ ސްރީ ލަންކާ އަދި ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ މިޝަންގެ ޑެޕިއުޓީ އެމްބެސެޑަރެވެ. އީސީގެ ފަރާތުން ސޮއިކުރެއްވި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.
The European Union Delegation to Sri Lanka and the Maldives Chargé d’ Affaires Mr. Lars Bredal called on @FuwadThowfeek, the Chairman of the Elections Commission of Maldives, today. (1/2) pic.twitter.com/L60x7VfLTc
— Elections Commission (@ElectionsMv) June 18, 2023
މި އެއްބަސްވުމާ ގުޅޭ ގޮތުން އިލެކްޝަންސްއީސީން ބުނީ އީޔޫއާ އެކި ސޮއިކުރި އެއްބަސްވުމަކީ އިންތިހާބު އޮބްޒާވް ކުރަން ހުޅުވައިލުމުން އީޔޫ އިން އެކަމަށް އެދުމުން އިދާރީ ކަންތައް ހަމަޖެއްސުމާ ގުޅޭ ގޮތުން ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.
އީސީން އޮތީ ސެޕްޓެމްބަރު 9 ގައި ބާއްވާ އިހާބު އޮބްޒާވްކުރަން 15 ގައުމަކަށް ދައުވަތު ފޮނުވައިފަ އެވެ.
މި އަހަރުގެ އިންތިހާބުގައި 8 ގައުމެއްގައި ވޯޓް ފޮށި ބަހައްޓާނެ އެވެ. އެއީ މަދުވެގެން 150 މީހުން ވޯޓްލާން ރަޖިސްޓްކުރި ގައުމުތަކެއްގަ އެވެ.