ސަރުކާރުން އއ. ހިމަންދޫގައި ބިނާކުރަން ނިންމި އާ މިސްކިތުގެ ބިންގާ އަޅައިފި އެވެ.
އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު. ޑރ. އަހުމަދު ޒާހިރު އަލީ އެވެ. މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އއ.ހިމަންދޫގައި އަލަށް އިމާރާތްކުރާމިސްކިތުގެ ބިންގާ އިސްލާމިކް މިނިސްޓަރ އަޅުއްވާ ދެއްވައިފި pic.twitter.com/KGYNX0hoQD
— Ministry of Islamic Affairs (@MVIaffairs) June 18, 2023
ހިމަންދޫގެ މިސްކިތް އަޅަން މިނިސްޓްރީން އެޕްރީލް މަހުގެ ކުރީކޮޅު ހަވާލުކުރީ އެލައިޓް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓް ކިޔާ ކުންފުންޏަކާ އެވެ. ސަރުކާރުން 10 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބިނާކުރާ މި މި މިސްކިތް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
ހިމަންދޫގެ އާ މިސްކިތަކީ ފިރިހެނުންގެ އިތުރުން އަންހެނުންނަށް ވެސް ނަމާދުކުރެވޭ ޑިޒައިންކޮށްފައިވާ މިސްކިތެކެވެ.