Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

"ރޮކީ އޯރް ރާނީ" ގެ އާ ޕޯސްޓަރެއް

މާދަމާ ފިލްމުގެ ޓީޒާ އާންމުކުރާނެކަން އިއުލާންކޮށް، ޑައިރެކްޓަރު ކަރަން ޖޯހަރްގެ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އާ ޕޯސްޓަރެއް މިއަދު ދައްކާލައިފި އެވެ.

އަންނަ މަހުގެ 28 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ރޮމޭންޓިކް ކޮމެޑީ އަކީ މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާކުރާ ބޮލީވުޑް ފިލްމެވެ. "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ތަރިންނަކީ ކަރަންގެ 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނެރުނު އާލިއާ ބަޓްގެ އިތުރުން އޭނަ ޑައިރެކްޓްކުރި ފިލްމެއްގައި އަލަށް މަސައްކަތްކުރި ރަންވީރު ސިންގް އެވެ.

އާ ފިިލްމުގެ ކާސްޓްގައި ޖަޔާ ބައްޗަނާއި ދަރުމެންދުރާ އާއި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ. "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގިނަ ޕޯސްޓަރުތަކެއް މިދިޔަ ވެސް އާންމުކުރި އެވެ. މި ފިލްމަކީ އާލިއާ ރަންބީރް އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. ދެ ތަރިންގެ އެކީގައި ފެނުނު ފުރަތަމަ ފިލްމަކީ 2019 ގެ "ގަލީ ބޯއި" އެވެ.

މި ފިލްމަކީ ކަރަންގެ 7 ވަނަ ޑައިރެކްޝަނެވެ. "ކުޗް ކުޗް ހޯތާ ހޭ" އިން 1998 ގައި ޑައިރެކްޝަނަށް ނުކުތް ކަރަންގެ އެންމެ ފަހުގެ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.