މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕްގައި ހިމެނޭ ބޭފުޅުންނާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި ހައްޖާޖީންނަށް އަލްވަދާޢު ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރުފަހު ފުރުމަށް ހަމަޖެހިފައިވާ ހައްޖާޖީންނާއި، އެއަރޕޯޓުން ބައްދަލުކުރައްވައި ރައީސް ވަނީ، ހައްޖާޖީންގެ ޙާލު އަހުވާލު އޮޅުންފިލުއްވާފަ އެވެ. އަދި އެމަނިކުފާނުގެ ހެޔޮދުޢާތައް ވަނީ ހައްޖާޖީންނާއި އެކުގައި ކަމުގައި ވިދާޅުވެ، ހައްޖުވެރީންނަށް މަބުރޫރް ޙައްޖަކަށް އެދިވަޑައިގެންނެވި އެވެ.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެންމެފަހުން ފުރި މިގުރޫޕުގައި ހިމެނެނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފުރާ 288 ޙައްޖާޖީންނެވެ.
މި އަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ނައިބު ރައީސް ފައިޞަލް ނަސީމެވެ.