އ.ދ ގެ ޓުއަރިޒަމާއި ބެހޭ އިދާރާއިން ފާސްކޮށްފައިވާ އިންޓަނޭޝަނަލް ކޯޑް ފޯރ ދަ ޕްރޮޓެކްޝަން އޮފް ޓުއަރިސްޓް(އައިސީޕީޓީ)ގެ ނޯޓިފިކޭޝަން އޮފް ފުލް އެދެރެންސް ނުވަތަ ފުރިހަމައަށް ޢަމަލު ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކެމްބޯޑިއާގެ ޕެނޮމް ޕެންގައި މިދިޔަ ހަފްތާގައި ކުރިއަށްދިޔަ އ.ދގެ ފަތުރުވެރިކަމާއި ބެހޭ އިދާރާގެ އައިސީޕީޓީ ކޯޑުގެ އާއި ބެހޭ ކޮންފަރެންސްގެ ތެރެއިންނެވެ. މި ކޯޑަށް ރާއްޖެއިން ޢަމަލުކުރަން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި ބައްދަލުވުންތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އެވެ. ދިވެހިރާއްޖެ ވަނީ މި ނޮޓިފިކޭޝަންގައި ހުރި ކަންތައް ތަންފީޒު ކުރުމަށާއި އައި.ސީ.ޕީ.ޓީގޭ އުސޫލުތަކާއި ލަފާތައް ދިވެހިރާއްޖެ ފަތުރުވެރިކަމުގެ ސިޔާސަތަކާއި އެއްގޮތަށް ބައްޓަންކޮށް ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކޮށް ޕޮރްމޯޓް ކުރުމަށް އެއްބަސްވެފައެވެ.
On 15 June @MoTmv Minister @Mausoom_Maus participated in the high-level panel discussion at @UNWTO Conference on International Code for Protection of Tourists held in #Cambodia. Minister highlighted the commitment of #Maldives tourism stakeholders towards protection of tourists. pic.twitter.com/H77QqrRneO
— Ministry of Tourism (@MoTmv) June 18, 2023
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މިނިސްޓަރ މައުސޫމް ވަނީ ކޯޑާއި ގުޅޭ ގޮތުން ބޭއްވި ހައިލެވެލް ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައެވެ. އެގޮތުން މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅުންހުރި ފަރާތްތަކުން ފަތުރުވެރިންގެ ރައްކާތެރިކަމަށް ރައްކާތެރިކަމަށް ދީފައިވާ އަހަމީއްޔަތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އައި.ސީ.ޕީ.ޓީއަކީ ޑިސެމްބަރު 2021ގައި ބޭއްވުނު އ.ދގެ ފަތުރުވެރިކަމާއި ބެހޭ އިދާރާ ނުވަތަ ޔޫއެންޑަބްލިއުޓީއޯގެ 24 ވަނ ސެޝަންގެ ޖެނެރަލް އެސެމްބްލީގައި "ރިޒޮލިއުޝަން 732 (XXIV)" ގެ ދަށުން ބަލައިގަނެވުނު ކޯޑެކެވެ. އައި.ސީ.ޕީ.ޓީ އަކީ ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލެވުނު މިފަދަ ޙާލަތްތަކުގައި ފަތުރުވެރިންގެ ޙައްޤުތަކާއި ކޮންޒިއުމާ ހައްޤުތައް ހިމާޔަތް ކުރެވޭނެ މެކޭނިޒަމްއެއް ހޯދުމުގެ ގޮތުން ހެދިފައިވާ ކޯޑްއެކެވެ.
At the opening Session of @UNWTO Conference on the International Code for the Protection of Tourists (15 June 2023,Phnom Penh, Cambodia) #Maldives has become a signatory to UNWTO's International Code for the Protection of Tourists (ICPT). Minister @Mausoom_Maus signed the Code. pic.twitter.com/mE81eMt0Oz
— Ministry of Tourism (@MoTmv) June 17, 2023
މިކޯޑްގެ ސޮއި ކުރުމުގެ ސަބަބުން ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ދުނިޔޭގެ ލީޑިންގް ސަސްޓެއިނަބަލް އަދި އެކްސެސިބަލް ޑެސްޓިނޭޝަންގެ ގޮތުގައި ޕްރޮމޯޓް ކުރެވި ދިވެހިރާއްޖެ އަކީ އަމާން މަންޒިލެއްގޮތެއްގައި ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުން ހިމެނެއެވެ.