އާބަންކޯގެ ފަރާތުން ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތައް ދައްކާލުމަށް އޯޕަން ޑޭ އެއް ބޭއްވުމަށް އާބަންކޯއިން ނިންމައިފިއެވެ.
މާދަމާ ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 8:00 އާއި ހަމައަށް އެކުންފުނީގެ އެގްޒިބިޝަން ސެންޓަރުގައި އޯޕަން ޑޭ ކުރިއަށްދާނެއެވެ. އާބަންކޯއިން ބުނީ އޯޕަން ޑޭ ގެ ބޭނުމަކީ އެކުންފުނީގެ ފަރާތުން ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ދައްކާލުމާއި، އިންވެސްޓަރުން ނުވަތަ ވިޔަފާރިވެރިންނަށް ފަސޭހަކަމާއި އެކު މި ފުރުސަތުތަކަށް ކުރިމަތިލިމުގެ މަގު ފަހި ކޮށްދިނުމެވެ. މިގޮތުން، މިފަހަރުގެ އޯޕަން ޑޭގައި ހުޅުމާލޭގައި އޮފީސް އިމާރާތް ޤާއިމު ކުރުމަށް ހުރި ފުރުސަތުތަކާއި ތިލަފުށި ފޭސް 2 އިން ބިން ގަތުމަށް ހުރި ފުރުސަތުތަކަށް ހާއްސަކަމެއް ދެވިގެން ދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.
Join us at ‘Urbanco for Businesses – An Open Day’ event, where all interested parties are invited to discover exciting opportunities. We look forward to welcoming you tomorrow from 10:00 to 20:00 at Exhibition Center, Urbanco Head Office. #WithUrbanco#UrbancoMv pic.twitter.com/1aFXy4LRQ2
— Urbanco (@hdcmaldives) June 19, 2023
އާބަންކޯގެ ފަރާތުން ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ދައްކާލުމުގެ އިތުރުން، އާބަންކޯގެ ފަރާތުން މިހާރު ހުޅުވާލެވިފައިވާ ފުރުސަތުތަކަށް އޮންލައިންކޮށް ކުރިމަތިލާނެ ގޮތް އޯޕަންޑޭގައި ކިޔައި ދޭނެއެވެ. އެގޮތުން ކުންފުނީގެ ބިޒްނަސް ޑިވެލެޕްމެންޓް ޓީމުން، ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތައް ކިޔައިދިނުމާއި، ޕޯޓަލް ބޭނުންކޮށްގެން ޕްރޮޖެކްޓުތަކާއި ބިންގަންނަން ބޭނުން ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އާބަންކޯގެ ފަރާތުން ބުނެފައިވަނީ އެކުންފުނީގެ އަމާޒަކީ ވިޔަފާރިތަކާއި ވީހާވެސް ގާތުން ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. އަދި މިފަދަ އޯޕަން ޑޭ އެއް ބޭއްވުމުގެ އެއް ބޭނުމަކީވެސް އެއީކަން އެކުންފުނިން ފާހަގަކުރެއެވެ.