ރައްޔިތުމްގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވިގެން އުޅެނީ އެތަނުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދާ ހެދި ކަމަށާއި އެހެންވެ ނަޝީދު މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.
ނަޝީދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ބައެއް ވާހަކަތަކަށް އިޝާރާތް ކުރައްވައި ރޮޒޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައްސަލައަކަށްވެގެން އުޅެނީ ނަޝީދު ދިރިއުޅުއްވަން ދައުލަތުން ހަމަޖައްސައި ދީފައި ހުރި މުރައިދޫ ގެއިން އެ މަނިކުފާނު ނުކުމެވަޑައިނުގަތުން ނޫން ކަމަށެވެ.
Miulhenee Muraidhoo gein nikumevadai nugannavaigeneh noon. Thithaa innavaa.
Ekamu 54 meehun ithubaareh nethey buneema majlis raees ge magaamun isthiufa dhevvaa!
Nuvatha vote nagan furusathu dhevvaa!
Manikfaanaa hure majlis nuhingigen mi ulheny. Muraidhooge nuhingigeneh noon!— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) June 19, 2023
"މި އުޅެނީ [މަނިކުފާނު] މުރައިދޫގެއިން ނުކުމެވަޑައިނުގަންނަވައިގެނެއް ނޫން. ތިތާ އިންނަވާ،" އޭނަ ވިދާޅުވި އެވެ. "އެކަމަކު ފަންސާސް ހަތަރު މެމްބަރުން އިތުބާރު ނެތޭ ބުނީމަ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވާ. މަނިކުފާނާ ހެދި މަޖިލިސް ހުއްޓިގެން މި އުޅެނީ."
ރޮޒޭ ވިދާޅުވީ އެ އިތުބާރު ނެތް މައްސަލާގައި ނަޝީދު އަމިއްލަ އަށް އިސްތިއުފާ ނުދެއްވާ ނަމަ، ހުށަހަޅާފައި އޮތް މައްސަލައަ އަށް ވޯޓް ނަގަން ފުރުސަތު ދެއްވަން ޖެހޭނެ ކަމަށެވެ.
ނަމަވެސް ނަޝީދު އިއްޔެ ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަަމަށާއި މައްސަލަ ހުށަހެޅި އެމްޑީޕީ އަށް އޮތް ގޮތަކީ މައްސަލަ އަނބުރާ ގެންދިއުން ކަމަށެވެ. އެގޮތުން ނަޝީދުގެ މައްޗަށް ހުށަހެޅި އިތުބާރުގެ މައްސަލަ ނުވަތަ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ މައްޗަށް ހުށަހަޅާފައި އޮތް އިތުބާރުގެ މައްސަލައިން ކުރެ ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ނަގަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެމްޑީޕީން ބުނީ ދެ މައްސަލަ ވެސް ނުނަގާނެ ކަމަށާއި އެ ބޭފުޅުން މަގާމުން ވަކިކުރާނެ ކަމަށެވެ.