Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ކުޅުދުއްފުށިން ޒުވާނަކު ގެއްލިގެން ހޯދަނީ

ކުޅުދުއްފުށިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ކުޅުދުފުއްފުށީ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގެއްލިގެން ހޯދަނީ އެ ސިޓީގެ ބޮޑު ޝީޓްގޭ އަހުމަދު ރަމީޒު ކަމަށެވެ. އޭނަ ގެއްލިފައި ވަނީ ރޭ 12:30 ގެ ފަހުންނެވެ. އެހެންވެ ރަމީޒާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ނަމަ ވީއެ ންމެ އަވަހަކަށް ކުޅުދުއްފުށީ ސިޓީ ޕޮލިސް (9791382) އަށް އަންގައިދޭން އެދިފައިވެ އެވެ.

ކުޅުދުއްފުށިން ޒުވާނަކު ގެއްލިގެން ހޯދަމުން އަންނަ އިރު އިއްޔެ ރޭ ފަތިހުން ފެށިގެން ކ. މާފުށިން އަންހެން ކުއްޖަކު ވެސް ގެއްލިގެން ވެސް ހޯދި އެވެ. ނަމަވެސް ފާތުމަތު ޝިފްރާ ކިޔާ 17 އަހަރުގެ ކުއްޖާ މިހާރު ފެނިފައިވާ ކަމަށް މާފުށީ ކައުންސިލުން ބުންޏެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުން ވާނުވާ ނޭނގި މީހުން ގެއްލޭ މައްސަލަތައް ވަރަށް ބޮޑެވެ. އަދި މި މައްސަލަ އެންމެ ބޮޑީ މާލެ ސަރަހައްދުގަ އެވެ.